ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްގައި 59 ޓީމު. ފެށުމުގެ ރަސްމިއްޔާތު އޭދަފުށީގައި

kjnm-.png

އެފްއޭމުން އިންތިޒާމުކޮށްގެން އަލަށް އަތޮޅުތަކަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތް 59 ޓީމާ އެކު އަންނަ އަންނަ ބުރާސްފަތި ދުވަހު ފަށަން ނިންމައިފި އެވެ.

މި މުބާރާތުގެ ގުރުލުން ވެސް ރޭ ވަނީ ބާއްވައިފަ އެވެ.

ޓީވީއެމް ސްޓޫޑިއޯ 3 ގައި ރޭ ކުރިއަށް ގެންދިޔަ ގުރުއަތުލުމުގެ ރަސްމިއްޔާތުގައި، މުބާރާތުގައި ބައިވެރިވެފައިވާ 59 ޓީމުގެ މެދުގައި ގުރުއަތުލައި މުބާރާތުގައި ބައްދަލުކުރާނެ ޓީމުތައް ވަނީ ކަނޑައަޅާފައެވެ.

ފުރަތަމަ އޮންނާނީ އަތޮޅު މުބާރާތެވެ. ކޮންމެ އަތޮޅަކުން ދެ ޓީމު ޒޯނަށް ދަތުރު ކުރާނެ އެވެ. ޒޯން ބުރުން ރީޖަން ބުރަށް ދެވޭނީ އެންމެ ޓީމަކަށެވެ.

އޭގެ ފަހުން ހަތަރު ސަރަހައްދުގެ ޗެމްޕިއަނުންނާއި ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލުގައި ވާދަކުރި އަށް ޓީމުގެ މެދުގައި ކުޅޭ މޯލްޑިވްސް ފުޓްސަލް ލީގެވެ. މި މުބާރާތް އެފްއޭއެމުން ކުރިއަށް ގެންދަނީ ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ފުޓްސެލް މުބާރާތްތައް ބާއްވާ ކްލަބް މޯލްޑިވްސްއާ ގުޅިގެންނެވެ.

އަތޮޅު ބުރުގެ މެޗުތައް ކުޅޭނީ ނުވަ އަތޮޅެއްގަ އެވެ. ރޭ ގުރުއަތުލީ އެ ޓީމުތަކުގެ މެދުގަ އެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ ބ. އަތޮޅުގެ މެޗުތައް ކުޅޭ އޭދަފުށީގަ އެވެ. ބ. އަތޮޅު މުބާރާތުގައި، މުބާރާތް ބާއްވާ އޭދަފުށީގެ އިތުރުން، ފެހެންދޫ، ތުޅާދޫ، ގޮއިދޫ، މާޅޮސް އަދި ދޮންފަން ވާދަކުރާނެ އެވެ.

ހދ. އަތޮޅުގެ މުބާރާތް ބާއްވާނީ ހދ. ނޮޅިވަރަންފަރު ގަ އެވެ. އެރަށުގެ އިތުރުން މުބާރާތުގައި ދެން އެ އަތޮޅުން ވާދަކުރަނީނީ ކުމުންދޫ، ހަނިމާދޫ، ކުރިނބި، ނައިވާދޫ އަދި ނޭކުރަންދު އެވެ.

ކ. އަތޮޅުން ބައިވެރިވީ ހަތަރު ޓީމެވެ. އެއީ ގުރައިދޫ، މާފުށި.، ގާފަރު އަދި ހިންމަފުއްޓެވެ. އަދި މެޗުތައް ކުޅޭނީ ހިންމަފުށީގަ އެވެ. މ. އަތޮޅުގެ މެޗުތައް ކުޅޭނީ މ. މުލީގަ އެވެ. އެ އަތޮޅުން މުލީގެ އިތުރުން ދެން ވާދަކުރާނީ ކޮޅުފުށި، ވޭވަށް އަދި ދިއްގަރެވެ.

ފ. އަތޮޅު މުބާރާތުގައި ފަސް ޓީމު ވާދަކުރާއިރު މުބާރާތް އޮންނާނީ ނިލަންދޫގަ އެވެ. ދެން ވާދަކުރާ ހަތަރު ޓީމަކީ ބިލެއްދޫ، ދަރަނބޫދޫ، ފީއަލި އަދި މަގޫދު އެވެ. ތ. އަތޮޅުގެ މުބާރާތް ތިމަރަފުށީގައި ބާއްވާއިރު ދެން ބައިވެރިވެފައިވާ ދެ ޓީމަކީ ވޭމަންޑު އާއި ކިނބިދު އެވެ.

ލ. އަތޮޅުގެ މުބާރާތުގައިވެސް ބައިވެރިވެފައި ވަނީ ތިން ޓީމެވެ. ގަމުގައި މުބާރާތް ބާއްވާއިރު ދެން ބައިވެރިވީ ފޮނަދޫގެ އިތުރުން އިސްދޫ އެވެ. ގއ. ގެ މުބާރާތް ދެއްވަދޫގައި ބާއްވާއިރު ދެން ބައިވެރިވީ ވިލިނގިއްޔާއި ކޮނޑޭ އަދި ގެމަނަފުއްޓެވެ.

ދެ ޓީމު ނުވަތަ އެއަށްވުރެ މަދުން ޓީމުތައް ބައިވެރިވެފައިވާ އަތޮޅުތަކުގެ އަތޮޅު މުބާރާތް ނުކުޅެ އެޓީމުތައް ހޮވޭނީ ޒޯން ބުރަށެވެ. ނަމަވެސް އެ ދެ ޓީމުގެ މެދުގައި މެޗެއް ކުޅެން ހަމަޖެހިފައިވެ އެވެ.

މާލެ ސަރަހައްދުން މާލެ އެކަނި ބައިވެރިވެފައިވާތީ އެ ޓީމު މިހާރު ވެސް ވަނީ ރީޖަން ބުރަށް ހޮވިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top