އުޅަނދު ފަހަރު ގަރާޖުތަކުގައި ރަޖިސްޓްރީ ކުރަން ނުޖެހޭގޮތަށް ގާނޫނު އިސްލާހު ކުރަން ހުށައަޅައިފި.

b_HhmmV33ZKgTvYmvAQRGZ6USEs.jpeg

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --ފޮޓޯ :މަޖިލިސް އިދާރާ

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެންނަ އިސްލާހެއްގެ ގޮތުގައި އެގާނޫނުގެ 13 ވަނަ މާއްދާއަށް އަކުރެއް އިތުރުކޮށް އުޅަނދު ފަހަރު ގަރާޖުތަކުގައި ރަޖިސްޓްރީ ކުރަން ނުޖެހޭގޮތަށް ގާނޫނު އިސްލާހު ކުރަން ހުށައަޅައިފިއެވެ.

އެ އަކުރުގައި ބުނެފައިވަނީ ރާއްޖޭގައި އިންޖީޏު ލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި ނުވަތަ އަމިއްލަ ފަރާތެއްގެ އެނޫންވެސް ތަނެއް ނުވަތަ ބިމެއްގައި އުޅަނދު ފަހަރު ބޭއްވުން ލާޒިމުވެގެން ނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފައެވެ. ދެން އޮންނާނީ އެ ބިލު މަޖިލީހަށް ހުށަހަޅައި ބަލައިގަންނަން ފެނޭތޯ ބެލުމެވެ.

އެއްގަމު އުޅަނދު އިންޝުއާ ކުރަން ޖެހޭގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި އޮންނަ މާއްދާ އުވާލުމަށްވެސް އިއްޔެ ވަނީ މަޖިލީހަށް ފޮނުވައިފައެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެންނަ އިސްލާހެއްގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ އިންޝުއަރެންސް އާއި ބެހޭގޮތުން އޮންނަ އެ ގާނޫނުގެ 69 ވަނަ މާއްދާ އުވައިލުމަށެވެ.

އެ ބިލުގެ ފުރަތަމަ ކިޔުންވެސް އިއްޔެ ވަނީ މަޖިލީހުގެ ތަޅުމުގައި އިއްވައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top