ކަމަދޫ އީދުފޯރި މިފަހަރުވެސް ވަރަށް ގަދަ

688200351_1004462598826576_537063947074235168_n.jpg

ބޮޑު އީދު ކުޅިވަރުގައި ކަމަދޫވަރެއް ނޯންނާނެއޭ ބުނަނީ ސަމާސާ އަކަށް ނޫނެވެ. އެރަށާ އަޅާ ކިޔާލެވޭވަރުގެ އެހެން ރަށެއް ނެތީމަ އެވެ. އަހަރަކަށް ވުރެ އަހަރެއް މިކުޅިވަރުތައް ކުރިއެރުވުމަށް މަސައްކަތް ކުރާ ރައްޔިތެއް އުޅޭ ރަށެއްކަން އެނގެނީ މި ކަހަލަ ޒަމާނެއްގައި ކޮންމެ ރަށެއްގައި އެއޮންނަ ޕާޓީ ވާދަވެރިކަން ކަމަދޫގައި ވެސް އޮވެމެ، އީދާ ޖެހުނީމާ ޕާޓީ ވާދަވެރިކަމެއް ނޯވެއެވެ. ރައްޔިތުން ތިބެނީ އެކުވެ އެކަތިގަނޑެއްގެ ގޮތުގައެވެ.

އެގޮތުން 1446 ވަނަ އަހަރު އީދު ކުޅިވަރު ނިމިގެން ދިޔައީ އެކުޅިވަރުތައް ބަލައިލުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުން އެންމެ ގިނައިން މީހުން އަރައި އެރަށް ފުރާލާފަ އެވެ. ކުޅިވަރު ބަލަން ދިޔަ މީހުން ގިނަކަމުން އެރަށުން ނިދާލާނެ ތަންކޮޅެއް ނުލިބިގެން ކައިރި ރަށްރަށަށް ނިދަން ދިޔަމީހުންވެސް މަދެއް ނޫނެވެ.

ކަމަދޫން މައުލުމާތު ދިން ގޮތުގައި މިއަހަރުގެ އީދު ކުޅިވަރު ބަލައިލުމަށް މިހާރު އެރަށަށް މީހުން ޒިޔާރަތް ކުރަން ފަސައިފި އެވެ. ރަށުގެ ގެސްޓ ހައުސްތަކާއި ކުލީ ކޮޓަރިތައް ވެސް ހުރީ ފުލްވެފަ އެވެ.

ކަމަދޫ މިހާރު ވަނީ އީދަށް ތައްޔާރުވުމުގެ ފަހު މަރުހަލާގައެވެ. މެހްމާނުންނަށް މަރުހަބާ ކިޔުމާއި ކުޅިވަރުތައް ޕްރެކްޓިސް ކުރުމުގެ ކަންކަންވެސް ބާރަށް ހިނގަމުން ދާކަމަށް އެރަށުން މައުލޫމާތު ދިން މީހަކު ބުނެފައި ވެއެވެ.

ކަމަދޫގެ މިއަހަރުގެ ބޮޑު އީދަށް ޚާއްސަކުރި ލަވަ މިއަދުވަނީ ޔޫޓިއުބްގައި އާއްމު ކޮށްފައެވެ.

މިފަހަރުގެ ލަވައިގައިވެސް މިދިޔަ އަހަރެކޭ އެއްފަދައިން އެރަށުގެ ދެ ޖިންސުގެ ޒުވާނުންގެ ސަގާފީ ނެށުންތަކާއި ރަށުގެ އެކި އުމުރުފުރައިގެ މީހުންގެ އީދު ފޯރި ދައްކުވައިދޭ ނެށުންތައް ވަނީ ހިމަނާފައެވެ. އެ ރަށުގައި އީދު ފާހަގަކުރަން ކުރާ މުހިއްމު ކުޅިވަރުތައްވެސް ހިމަނައިގެން ތައްޔާރުކޮށްފައިވާ ރީތި އަދި ފޯރިގަދަ މިލަވައިން ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން ދިޔައީ ދިޔައީ މިދިޔަ އަހަރު ކަމަދޫގެ އީދު ކުޅިވަރުތަކުން ނުފެނުނު ކަމަދޫގެ ފަތްމިންޏެއްގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ އައިމިނަތު ޒާރާ ފެނުމުންނެވެ.

ޒާރާ އަލުން މި ފެނުނީ އޭނާގެ ނެށުންތަކުން މަޝްހޫރުވުމަށްފަހު މަޝްހޫރު ވިޔަފާވެރިޔާ އަހުމަދު ސިޔާމު މުހައްމަދާއި ކައިވެނިކުރުމަށް ފަހު އެ ކައިވެނި ރޫޅުމާއި އެކު އެވެ.

ފަސް ދުވަހަށް ދެމިގެންދާ ކަމަދޫ އީދުގެ ކުޅިވަރުގެ ޕްރޮގްރާމްވެސް މިހާރު ވަނީ ނެރެ އާއްމު ކޮށްފައެވެ.

ފާއިތުވި ދެ އަހަރު ވެސް ބޮޑުއީދުގައި އެންމެ ވިދާލި އެއް ރަށަކީ ކަމަދޫ އެވެ. ބ. ކަމަދޫގައި ކުރިއަށްގެންދާ ފޯރިގަދަ އީދު ކުޅިވަރުތައް މި ފަހަރުވެސް ރާއްޖެޓީވީ އިން ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top