އޭދަފުށީ ކައުންސިލުގެ ނައިބަކަށް މި ދައުރުވެސް އޭދަފުށީ އާސަމް، އަލީ ޝަފީގު އިންތިޚާބު ކޮށްފި އެވެ.
އަލީ ނައިބުު ރައީސްކަމަށް އިންތިޚާބުކުރީ މިއަދު ކުރިއަށްދިޔަ އޭދަފުށީ ކައުންސިލްގެ 5ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގަ އެވެ.
ނައިބުރައީސްކަމަށް ނަން ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވަނީވެސް އަލީ އެކަންޏެވެ. އޭނާއަކީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ނައިބުރައީސް ވެސް މެއެވެ.
އޭދަފުށީ ކައުންސިލަށް އިންތިޚާބުވި މެންބަރުން މަގާމުގެ ހުވާކުރައްވާފައި ވަނީ މިއަދު ހެނދުނު 9:00 ގައި އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގަ އެވެ.
ރައީސާއެކު އޭދަފުށީ ކައުންސިލް އެކުލެވިގެންވަނީ 5 ކައުންސިލަރުންގެ މައްޗަށެވެ.







