ރޯދަމަހު، ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް

HKEAXYW4PZ34.jpg

ރައީސް އޮފީސް

މި އަހަރުގެ ރަމަޟާން މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމުގައި ހަމަޖައްސަވައި، އެކަމާބެހޭ ދެންނެވުމެއް ރައީސް އޮފީހުން ނެރުއްވާފައި ވަނީ 2022 މާރިޗު 6 ގައެވެ.

ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަސް ނުވަތަ ހަ ރޯދައިގެ ދުވަސްތަކުގައި ވެސް ސަރުކާރު އޮފީސްތައް ހުޅުވާނީ، އެ ގަޑީގައި ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

މިދިޔަ އަހަރު ވެސް ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ސަރުކާރު އޮފީސްތައް ހުޅުވީ، އެ ގަޑިތަކުގައެވެ.

އާއްމު މަސްމަހު ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަނޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށެވެ.

މީގެ އިތުރުން މި ސަރުކާރު އައި ފަހުން ރޯދަ މަހުގެ ފަހު 10 ދުވަސް އެއީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ވަނީ ކަނޑައަޅައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top