ދިރިއުޅުމުގެ ހާލަތު ދަށް މީހުންނަށް ފެނަކަ އިން ވަޒީފާ

112-90.jpeg

ދިރިއުޅުމުގެ ހާލަތުދަށް މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން އާއިލީ ތަރައްގީއާއި ބެހޭ މިނިސްޓްރީއާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ދެމެދެ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީން މިއަދު ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުން ބަލަހައްޓަމުންދާ ފަރާތްތަކާއި، މާލީ ހާލަތު ދަށްވެފައިވާ ފަރާތްތަކަށް މަސައްކަތުގެ ތަޖުރިބާ އަދި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން އެ މިނިސްޓްރީއާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ދެމެދެ މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކާއި، މާލީ ހާލަތު ދަށް ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދޭ ފަރާތްތަކަށް އެ ފުރުސަތުތައް ހޯދައިދިނުމުގެ މަސައްކަތްތައް ކުރާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީން ބުނީ މި އެއްބަސްވުމަކީ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، މުޖުތަމަޢުގެ އެންމެހައި ފަރުދުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top