މީޑިއާތަކަށް ދޭ މާލީ އެހީއަށް ހުޅުވާލައިފި

bmn-1.jpeg

މިދިޔަ މަހު މަހު ރައީސް އޮފީހުގައި "މީޑިއާ ފެންޑާ" ހުޅުވުމުގެ ތެރެއިން. ފޮޓޯ/ ރައީސް އޮފީސް

ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް މީޑިއާތަކަށް ދައުލަތުން މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިންފޮމޭޝަން މިނިސްޓްރީން އެ ފުރުސަތު ހުޅުވައިލީ މިއަދުން ފެށިގެން އަންނަ މަހުގެ 27 އާ ހަމައަށެވެ.

އެހީއަށް އެދި ހުށަހަޅާނީ އެކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް mediaapp.one.gov.mv މެދުވެރިކޮށެވެ.

މީޑިއާތަކަށް ދޭ މާލީ އެހީއަށް ހުޅުވާލާފައިވާއިރު ދާދިފަހުން ވަނީ ރަޖިސްޓަރީކޮށްގެން ހިންގާ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލެއް ވެސް އެކުލަވާލައި އާންމު ކޮށްފަ އެވެ.

އެގޮތުން މި އަހަރުން ފެށިގެން ކޮންމެ އަހަރަކަށް ފާސްކުރާ ދައުލަތުގެ ބަޖެޓުގައި، ހިލޭ އެހީއާއި އާމްދަނީ އިތުރުކުރަން އެ އަހަރަކަށް ހުށަހަޅާ އާ ކަންކަމުން ލިބޭނެ ކަމަށް ލަފާކުރާ ފައިސާއާއި ވަކި ކަމަކަށް ހިމަނާފައިވާ ފައިސާ ނުހިމަނައި، ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ބަޖެޓުގެ އަންދާޒާ ކުރެވޭ ރެވެނިއުގެ 0.1 ޕަސެންޓަށް ވާ މިންވަރަށް ފައިސާ ދޫކުރަން ކަނޑައަޅާފައިވެ އެވެ.

މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓްގައި އެކަމަށް ފައިސާ ވެސް ކަނޑައަޅާފައިވެ އެވެ.

އެ ފައިސާ ދެނީ އެކަމާބެހޭ އުސޫލުގައި ބުނާ ވަކި ޝަރުތުތަކެއް ހަމަވާ އަދި ވަކި މިންވަރަކަށް ޕޮއިންޓް ލިބޭ މީޑިއާތަކަށް އެކަންޏެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top