ޚިދުމަތް ފުޅާކުރުމުގެ ގޮތުން ބ. އަތޮޅަށް ފެރީ ހޯދަން އިއުލާނުކޮށްފި

medium_105225.jpg

އެމްޓީސީސީގެ ފެރީއެއް

އެމްޓީސީސި އިން ރާއްޖޭގައި ދެމުން ގެންދާ ފެރީގެ ޚިދުމަތް ފުޅާކޮށް ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކުރިއަސް ގެންދާ ޕްރޮގްރާމްގެ ތެރެއިން  ބ.އަތޮޅުގެ ފެރީވެސް އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވާތީ ފެރީ ހޯދަން އިއުލާނު ކޮށްފިއެވެ.

ބ.އަތޮޅާއެކު ނ.ރ.ޅ. ހިމެނޭ ޒޯނަށް ޖުމްލަ 7 ފެރީ ހޯދަން ބޭނުންވާކަމުގައި އެމްޓީސީސީ އިން ބުނެއެވެ.

އެމްޓީސީސީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މިކަމާ ގުޅޭ މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް މިމަހުގެ ފަސްވަނަ ދުވަހުގެ މެންދުރުފަހު 1:00 ޖަހާއިރު އެމްޓީސީސީ ހެޑްއޮފީހުގެ ހަތްވަނަ ފަންގިފިލާގައި އޮންނާނެ ކަމުގައެވެ.

ބައްދަލުވުމަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށްފަހު މިމަހުގެ 12 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ޖަހާއިރު އަންދާސީހިސާބު ހުށަހެޅުމަށާއި އަންދާސީހިސާބު ހުށަހެޅޭނީ މައުލޫމާތު ސާފުކުރުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކަށް އެކަނި ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top