އޭޑީކޭ ހޮސްޕިޓަލުގެ ފަރާތުން ބ.އަތޮޅު ކައުންސިލާއި އޭދަފުށި ކައުންސިލް ގުޅިގެން މުޅި ބ.އަތޮޅަށް ހުޅުވާލައިގެން އަންނަ ހޮނިހިރު ދުވަހު ބ.އަތޮޅު ހޮސްޕިޓަލުގައި މެޑިކަލް ކޭމްޕެއް ބާއްވާން ނިންމައިފި އެވެ.
މިކޭމްޕްގައި ތަފާތު ބަލިތަކާ ބެހޭ ޚާއްސަ ޑޮކްޓަރުންގެ ޓީމެއް އެކުލެވިގެންވާއިރު ޑރ.އަށް ދެއްކުމަށް އެއްވެސް ފީއެއް ނުނަގާނެ އެވެ. ހަމައެހެންމެ އެންމެ ބަލި މީހުންނަށް އިސްކަން ދިނުމަށް ޓަކައި އެޕޮއިންޓްމެންޓް ދިނުމުގެ ކުރިން ސްކްރީން ކުރެވޭނެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މައުލޫމާތު ދެއްވި އެވެ.
ޑރ. އަށް ދެއްކެވުމަށް ނަންނޯޓު ކުރެއްވުމަށް ގުޅުއްވާނީ 6600248 ،6600294 އަށް ކަމަށް ބ އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.






