ބ.އަތޮޅުގައި ހިންގާ ރިސޯޓުތަކުން ކުލީގެ ގޮތުގައި މިދިޔަ އަހަރު 201 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން އާއްމު ކޮށްފައިވާ މިދިޔަ އަހަރުގެ އާމްދަނީގެ ފަތުރުވެރިކަމުގެ ދާއިރާއިން ރިސޯޓް ކުލީގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ކ. އަތޮޅުންނެވެ. ރ. އަތޮޅު 260.47 މިލިޔަން ރުފިޔާ ލިބިފައިވާއިރު އެންމެ ބޮޑު އާމްދަނީ އެއް ލިބުނު ތިންވަނަ އަތޮޅު ކަމުގައިވާ ބ. އަތޮޅުން ލިބިފައިވަނީ 201.01 މިލިޔަން ރުފިޔާއެވެ.
2023 ވަނަ އަހަރު ރިސޯޓު ކުލީގެ ގޮތުގައި ލިބިފައިވަނީ 1.7 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން 2024 ވަނަ އަހަރު ލިބުނު އާމްދަނީ، 2023ވަނަ އަހަރާއި އަޅާބަލާއިރު 6.7 އިންސައްތަ އިތުރުވެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ފަތުރުވެރިންނަށް މިހާރު ޚިދުމަތް ދެމުން އަންނަނީ 1،191 ތަނަކުންނެވެ. އެއީ 175 ރިސޯޓާއި، 842 ގެސްޓްހައުސް އާއި، 158 ސަފާރީގެ އިތުރުން 16 ހޮޓަލެވެ. މިތަންތަނުގެ ޖުމްލަ ބެޑް ކެޕޭސިޓީއަކީ 63،172 އެވެ.