އޮންލައިންކޮށް ޤުރްއާން ކިޔަވައިދިނުމުގެ ހުއްދަ ދީފި

large_172044154738dH4C-1.jpg

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭގެ ސީއީއޯ، މަރްޔަމް ފިޒާނާ ރަޝީދު - ފޮޓޯ: ޕީއެސްއެމް

ކީރިތި ޤުރްއާން އަދި ޤުރްއާނާ ގުޅުންހުރި ދާއިރާތައް އޮންލައިންކޮށް ކިޔަވައިދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އަށް  ދީފައިވާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސާ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވެއްޖެ އެވެ

ކީރިތި ޤުރްއާނާއި ޤުރުއާނާ ގުޅުންހުރި ދާއިރާތަކަކީ، 2022 ވަނަ އަހަރުގެ އޮގަސްޓް މަހު އެމްކިއުއޭއިން އާންމު ކުރި އޮންލައިންކޮށް ނުކިޔެވޭ ދާއިރާތަކުގެ ތެރޭގައި ހިމެނޭ ދާއިރާއެކެވެ.

މިއަދު އެމްކިއުއޭ އިން ބޭއްވި ނޫސްވެރިންގެ ބައްަލު ވުމުގައި ސީއިއޯ ފިޒާނާ ވިދާޅުވީ ޤުރުއާނާ ބެހޭ ދާއިރާއިން އީ ލާނިން މެދުވެރިކޮށް ކިޔެވުން ކުރިއަށް ގެންދެވިދާނެދޯ ނޫނީ ނުގެންދެވޭތޯ އިސްލާމިކް މިނިސްޓްރީއަށް ސުވާލު ހުށަހަޅާފައިވާކަަމަށެވެ.

ފިޒާނާ ވިދާޅުވީ ރާއްޖޭގައި ކޯސްތައް އޮންލައިންކޮށް ކިޔަވައިދިނުމުގެ ގައިޑްލައިނެއް އާންމުކުރީންސުރެ، އޮންލައިންކޮށް ކިޔަވައިނުދެވޭނެ 8 ދާއިރާއެއް ހިމެނޭ ކަމަށެވެ. އީ-ލާނިންގ ޑެލިވަރީ މޮޑަލިޓީން ކިޔަވައިނުދެވޭނެ ކަމަށް މިހާތަނަށް ކަނޑައަޅާފައިވާ 8 ދާއިރާގެ ތެރޭގައި ޤުރްއާނުގެ ކޯސްތައްވެސް ހިމެނެ އެވެ.

އެގޮތުން މަޢާނިލް ޤުރުއާން އަދި ޢުލޫމުލްޤުރްއާން ފަދަ މާއްދާތައް މިހާރު ވެސް އޮންލައިންކޮށް ކިޔަވައިދެވިދާނެ ކަމަށާއި ތިލާވާ އާއި ހިފްޒު ފަދަ މާއްދާތައް ވަކި އުސޫލެއްގެ މަތިން އޮންލައިންކޮށް ކިޔަވައިދެވިދާނެ ކަމަށް އެމްކިއުއޭއިން ބުނެއެވެ.

މިފަދައިން އޮންލައިންކޮށް މި މާއްދާތައް ކިޔަވައިދިން ނަމަވެސް، އިމްތިހާނުތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމުގެ ފުރުސަތު ނޯންނާނެ ކަމަށް އެމްކިއުއޭއިން ވިދާޅުވިއެވެ.

ޤުރްއާނުގެ ދާއިރާގެ ޕްރޮގްރާމްތައް، އެ ޕްރޮގްރާމެއްގައި ކިޔަވައިދޭ މާއްދާތަކަށް ރިއާޔަތްކޮށް އޮންލައިންކޮށް ކުރިއަށް ގެންދެވިދާނެކަން ފާހަގަކޮށް އެމްކިއުއޭއިން ވަނީ، އޮންލައިންކޮށް ޤުރުއާން ކިޔަވައިދިނުމަށް ބޭނުންވާ މަރުކަޒުތަކުން އެ ޕްރޮގްރާމްތައް ފަރުމާ ކުރުމަށްފަހު އެމްކިއުއޭއަށް ހުށަހަޅަން ހުޅުވާލާފައެވެ.

ކީރިތި ޤުރްއާން ޕްރޮގްރާމްތައް އޮންލައިންކޮށް ކުރިއަށް ގެންދެވޭނީ އެމްކިއުއޭއިން ހުއްދަ ދިނުމުން ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top