މިސްކިތްތަކުގެ ކަރަންޓް ބިލަށް ހެޔޮ ބަދަލެއް

DSCN2884.jpg

އޭދަފުށީ މަސްޖިދު މުއީނުން ދީން

ކައުންސިލްތަކުން މިސްކިތްތަކުގެ ކަރަންޓް ބިލަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން ސަރުކާރުން ހެޔޮ ބަދަލެއް ގެނައުމަށް ނިންމައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު، އުތުރުގެ ހަތަރު އަތޮޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައި ރޭ ހދ. ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އަންނަ މަހުން ފެށިގެން ކައުންސިލްތަކުން ކަރަންޓަށް ކުރަންޖެހޭ ހަރަދުގެ ތެރެއިން ހުރިހާ ރަށެއްގެ މިސްކިތްތަކުގެ ކަރަންޓް ބިލަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށެވެ.

މި ބަދަލު ގެނައުމުގެ ބޭނުމަކީ ކައުންސިލްތަކަށް މިހާރު ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭ މަދު ފައިސާކޮޅުން ކަރަންޓް ބިލަށް ކުރަންޖެހޭ ބޮޑު ހަރަދަށް ލުޔެއް ހޯދައިދެއްވުމުގެ ގޮތުންނާއި އަދި ކައުންސިލުތަކަށް ކަންކަން ފަހިކޮށްދީގެން ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“މިހާރު ދައްކަންޖެހެނީ ގަވަމެންޓް ރޭޓު ކިޔާ ރޭޓެއްގައި. އެ ރޭޓުގެ ބަދަލުގައި ޑޮމެސްޓިކް ރޭޓަށް ތިރިކޮށްދޭނަން،” މިސްކިތްތަކުގެ ކަރަންޓް ބިލަށް ގެންނަ ބަދަލު ހާމަކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ބަދަލާއެކު ކައުންސިލްތަކުން ކޮންމެ މަހަކު ކަރަންޓަށް ކުރަންޖެހޭ ހޭދަ ކުޑަވެގެންދާނެ ކަމަށެވެ. މީގެ ސަބަބުން އެތައް މިލިއަން ރުފިޔާއެއް ފެނަކަ އާއި ސްޓެލްކޯ އަށް ގެއްލޭނެ ކަމަށާއި ފެނަކަ އަށް އެހެން އުސޫލަކުން އާމްދަނީ ހޯދޭނެ ގޮތްތަކެއް ހޯދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން އިގްތިސާދަށް ވަރުގަދަކަން އަންނަ ވަރަކަށް ކައުންސިލްތަކުން މަގުބައްތި ދިއްލަން ކުރާ ހަރަދާއި އަދި ޕާކުތަކަށް ކުރާ ހަރަދު ވެސް ޑޮމެސްޓިކް ރޭޓަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް ހިތްހަމަޖެހުން ގެންނަން ބޭނުން ވަނީ މިފަދަ ކަންކަމުގެ ތެރެއިން ކަމަށްވެސް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top