ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދިނުމަށް ދިރާސާ ކުރަނީ- ވަޒީރު

large_170629034159DZgw.jpg

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް: ފޮޓޯ/ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދެވޭނެ ގޮތެއް އޮތްތޯ ބެލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޅެންވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ތިނަދޫ ސިޓީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ނަސީރު ވިދާޅުވީ ޅެން ބޭނުންކޮށްގެން ނަފްސާނީ ކަންކަމަށް ފަރުވާ ދިނުމަކީ ކުރިއަރާފައިވާ ދުނިޔޭގެ ގިނަ ގައުމުތަކުގައި ކުރެވޭ ކަމެއް ކަމަށާއި, މިކަން ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ކުރެވޭތޯ ބެލުމުގެ މަސައްކަތެއް އެމިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

“މިއީ ޅެންވެރިކަމަށް އެހެން ނަޒަރަކުން ބަލާލުން. ދިވެހި ޅެންވެރިންނާއި، ދިވެހި ޅެން ބޭނުންކޮށް ކުރެވިދާނެ ކަމެއްތޯ މި ދިރާސާކުރަނީ. ފަރުވާ ދެވިދާނެކަން ދިރާސާއިން އެނގިއްޖެނަމަ އެކަން ތަޢާރަފްކުރާނަން. މިކަން ކާމިޔާބުވެއްޖެނަމަ ދިވެހި ޅެން މުޅިން އެހެން ދަރަޖައަކަށް ގެންދެވޭނެ.” ވަޒީރު ވިދާޅުވިއެވެ.

މި މަސައްކަތް ކާމިޔާބުވެއްޖެނަމަ ދިވެހި ޅެންތަކަށް އިތުރު ދަރަޖައެއް ލިބިގެންދާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

”މިހާތަނަށް އަޅުގަނޑުމެނަށް މި މަސައްކަތުގައި އެހީތެރިވެދެއްވި ބޭފުޅުން ވިދާޅުވި ގޮތުގައި މިއީ ކުރެވިދާނެކަމެއް. އަދި މި ބޭފުޅުން ވިދާޅުވަނީ ކުރަންވެއްޖެ ކަމެެއް ކަމަށް. އުއްމީދަކީ މާ ލަހެއް ނުވެ މިކަން ހަގީގަތަކަށް ހެދުން“ މިނިސްޓަރު ނަސީރު ވިދާޅުވިއެވެ.

މީގެ އިތުރުން ޅެމަކީ އެއިން ސިއްހީ ފަރުވާ ދެވޭ ވަސީލަތެއް ކަމަށާއި އަދި ޅެންތައް ބޭނުންކޮށްގެން ނަފްސާނީ ބަލިތައް ތަހައްމަލުކުރާ މީހުންނަށް އުފާވެރިކަން ގެނެސްދީ، ފިކުރުތަކާއި ދުރު ކުރެވިދާނެކަމެއްކަން  ދިރާސާތަކުން ދައްކާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިއަހަރުގެ ޅެންވެރިކަމުގެ ދުވަހުގެ ޝަރަފުވެރިޔާ އަބްދުﷲ އަފީފްގެ ޅެންފޮތް “އަލިދޯދި”ވަނީ ނެރެފައެވެ. އަދި އަފީފުގެ ހަޔާތްޕުޅާއި ޚިދުމަތުގެ މައްޗަށް އެކުލެވޭ ރިޕޯޓެއްވެސްވަނީ ދައްކާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top