މިއަހަރުގެ ނިޔަލަށް ޕްލާސްޓިކް ކޮތަޅު އެތެރެކުރުން ހުއްދަ ކޮށްފި

plastic-bag.jpg

މި އަހަރުގެ ނިޔަލަށް 50 މައިކްރޯންއަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު އެެތެރެކުރުން ހުއްދަ ކޮށްފި އެވެ.

ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކުގެ 13 ބާވަތެއް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުމަށް ކުރިން ކަނޑައަޅައިފައިވާ ގޮތް މުރާޖާކޮށް ރައީސް އިިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގަރާރަކުން އިއްޔެ ކަނޑައަޅުއްވައިފައެވެ.

1ޑިސެންބަރު 2022 އިން ފެށިގެން 50 މައިކްރޯން އަށް ވުރެ ތުނި ޕްލާސްޓިކު ކޮތަޅު ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައި ވީނަމަވެސް، އެ ތަކެތި ރާއްޖެއަށް އެތެރެކުރާ މަރުޙަލާގައި ސާމްޕަލްގެ ގޮތުގައި ނަގައިފައިވާ ބައެއް ކޮތަޅާއި އެހެނިހެން ގޮތްގޮތުން ނަގައިފައިވާ ސާމްޕަލްތައް ޓެސްޓުކުރުމުން، ގާތްގަނޑަކަށް ހުރިހާ ކޮތަޅެއްގެ ވެސް ބޯމިން 50 މައިކްރޯން އަށްވުރެ ތުނިކަމަށް ރެކޯޑްކުރެވިފައިވާ ކަމަށް އެންވަޔަރަަމަންޓް މިނިސްޓްރީން ބުނެއެވެ.

އެހެންވެއަލަށް ގެނެވުނު އިސްލާހާއެކު 50 މައިކްރޯން އަށް ވުރެ ތުނި ޕްލާސްޓިކު ކޮތަޅު ރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުން މަނާވާނެ ތާރީޚަކީ އަންނަ ޖެނުއަރީ މަހެވެ. އެ ތަކެތި ރާއްޖޭގައި ބޭނުންކުރުން މަނާވާނެ ތާރީޚަކީ އަންނަ ޖޫން މަހެވެ.

“މީގެއިތުރުން، ޕްލާސްޓިކް ޕެކެޓް ނޫން އެހެން ޕްލާސްޓިކުގައި ބަންދުކޮށްފައިވާ ސުޕާރީ ރާއްޖެއަށް އެތެރެކުރަމުންދާކަން ފާހަގަ ކުރެވިފައިވާތީ، މި ބާވަތްތައް ހިމެނުމަށްޓަކައި، ޕްލާސްޓިކް ޕެކެޓު ފިޔަވައި އެހެނިހެން ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ސުޕާރީ 1 ޖަނަވަރީ 2024 ފެށިގެން ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާވާނެ ކަމުގައި ކަނޑައަޅުއްވައި، މި ބާވަތްތައް 1 ޖޫން 2024 ފެށިގެން ރާއްޖޭގައި ބޭނުންކުރުމަކީ މަނާ ކަމެއް ކަމުގައި ކަނޑައަޅުއްވައިފައިވެއެވެ.”

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top