ޔާމީންގެ ކެންޑިޑެސީ މައްސަލައިގައި ޖަވާބުދާރީވާން އީސީއަށް އަންގައިފި

large_168914697631fHv5.jpg

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބާތިލް ކުރި މައްސަލައިގާ ޖަވާބުދާރީ ވުމަށް ސުޕްރީމް ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނަށްއަންގައިފިއެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހެޅީ އިއްޔެއެވެ. ނަމަވެސް ޝަރުތު ހަމަނުވާ ކަމަށް ބަލައި އީސީން ވަނީ ކެންޑިޑެސީ ބަލައިނުގަންނަން ނިންމައިފައެވެ.

ކެންޑިޑެސީ ބަލައިނުގަތުމުން ރައީސް ޔާމީންގެ ގާނޫނީ ޓީމުން ރޭ ފަތިހު ވަނީ އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.

ސްޕްރީމް ކޯޓުގައި މިހާރު ވަނީ އެ މައްސަލަ ރަޖިސްޓްރީކޮށްފައެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އީސީން ނިންމި ނިންމުން ބިނާކުރީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގެ މައްޗަށެވެ.

އެ އަކުރުގައިވާ ގޮތުން ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހާއަކީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ, އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައިވާން ޖެހެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top