ފާސްވާ ކުދިންގެ އަދަދު މަދެއްނުވޭ. ކުރިއަށްވުރެ އިތުރުވީ: އެޑިއުކޭޝަން މިނިސްޓަރު

large_168544243923pIy2.jpeg

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ --- ފޮޓޯ. މަޖިލިސް

އޯލެވެލް އިމްތިހާނުގެ ފަސް މާއްދާ އިން ފާސްވާ ކުދިންގެ އަދަދު ދަށް ކަމަށް ތަފާސް ހިސާބުތަކުން ދައްކަނީ އުސޫލު ބަދަލުކުރުމުން ކަމަށާއި މި ސަރުކާރުން، ސާނަވީ އުމުރުފުރާގެ ދަރިވަރުންނަށް ފަސް މާއްދާ ކިޔެވުމަށް މަޖުބޫރުކުރި ފަހުން، ހަގީގީ މާނައިގައި މަޖުބޫރު މާއްދާތަކުން ފާސްވާ މިންވަރު އިތުރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ފާއިތުވި އަހަރު ސާނަވީ އިމްތިހާނު ނިންމި ދަރިވަރުންގެ ތެރެއިން 50 ޕަސެންޓަށްވުރެ ގިނަ ދަރިވަރުން ފާސްނުވާ ކަމަށް އަދަދުތަކުން ދައްކާތީ، އެ ކަމުގެ ފާޑުކިޔުން އެޑިއުކޭޝަން މިނިސްޓްރީއަށް ވަނީ އަމާޒުވެފައެވެ.

އެ ކަމާ ގުޅިގެން ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ޑރ. އާއިޝަތު އަލީ ވިދާޅުވީ، މީގެ ކުރިން ނަތީޖާ މަތިކަމަށް ދައްކަނީ 2019ވަނަ އަހަރުގެ ކުރިން ހަމައެކަނި ތަފާސްހިސާބު ރަނގަޅު ކުރުމަށްޓަކައި ބައެއް ކުދިން ބާކީކުރާތީ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންގެ ތަފާސްހިސާބުތައް 2019 ގެ ކުރިން ތައްޔާރު ކުރަމުން ދިޔައީ ފަސް މާއްދާއިން ފާސްވާ ކުދިންގެ އަދަދު ކަނޑައަޅާއިރު, ދަސްވާރަކީ ތިން މާއްދާގެ ފާސް ކަމަށާއި ބީޓެކަކީ ހަތަރު މާއްދާގެ ފާސް ކަމަށް ބަލައިގެންކަމަށް މިނިސްޓަރު ވިދާޅުވިއެވެ

”މީގެ ކުރިން ސްޓެޓްސް ހަދަނީ އޮފް ރޯލް ކޮށްގެން. އެއީ ދަށްވާނެހެން ހީވާ ކުދިންގެ ނަތީޖާ ނުހިމަނާ ސްޓެސްޓް ހަދަނީ. އެހެންވެ ފެންނަނީ އެންމެ ރަނގަޅު ރެޕްރެސެންޓޭޝަން އެއް ނޫން. އެކަމާ ގުޅިގެން މުޅި އެތީގެ މަންޒަރު ފެންނާނެހެން 2019ގެ ފަހުކޮޅު ބަދަލުތަކެއް އަޅުގަނޑުމެން ގެނައިން،“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، 2020ވަނަ އަހަރު ފަސް މާއްދާ ހެދުން މަޖުބޫރު ކުރީ މި ސަރުކާރުންނެވެ.

އޭގެ ފަހުން އެއްވެސް ކުއްޖެއްގެ ނަތީޖާ ބާކީ ނުވާނެހެން ތަފާސްހިސާބު ހަދާތީ، އެހެން އަހަރުތަކާ އަޅާބަލާއިރު ނަތީޖާ ދަަށް ކަމަށް ފެންނަނީ ކަމަށް އޭނާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top