ޖަލުގައި ތިބި ދެބައިކުޅަ އެއްބައި މީހުން މަސްތުވާތަކެތި ބޭނުންކުރޭ: އަލީ ހުސެން

big_Nmk53eJ5Blqdr8Q0SesRwE1cV.jpg

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސޭން--ފޮޓޯ :މަޖިލިސް އިދާރާ

ޖަލުގައި މިވަގުތު ތިބި ދެބައިކުޅަ އެއްބައި މީހުން މަސްތުވާތަކެތި ބޭނުންކުރަމުން ދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން ވިދާޅުވެއްޖެ އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހުން މުޖުތަމައަށް ދޫވަމުންދާ މައްސަލައިގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި މައްސަލަ އަށް ބަހުސްކުރައްވަމުން އަލީ ހުސެން ވިދާޅުވީ އެފަދަ މައްސަލަތަކުގައި ޖަލަށްލާ މީހުން ރަނގަޅުވެ އަނބުރާ މުޖުތަމައަށް ނުކުމެވޭ ފަދަ ފުރުސަތެއް ނެތް ކަމަށެވެ. ޖަލުތަކުގެ ނިޒާމް އޮތް ގޮތުން މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހިމެނޭ މީހުން ޖަލަށްލުމަކީ ހައްލެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

” ޖަލަށް ލިޔަސް ރަނގަޅެއް ނުވޭ. 10 އަހަރު ޖަލުގައި ބެހެއްޓިއަސް ރަނގަޅެއް ނުވޭ. ޖަލުގެ ނިޒާމް އޮތީ ފެއިލްވެފައި. ރިޕޯޓްތަކުން އެބަ އެނގޭ ޖަލުގައި ތިބޭ މީހުންގެ ދެބައިކުޅަ އެއްބައި މީހުން މަސްތުވާތަކެތި ބޭނުން ކުރާކަން.” އަލީ ވިދާޅުވިއެވެ.

އަލީ ހުސެއިން އިތުރަށް ވިދާޅުވީ ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ނުވެގެން މިފަދަ މައްސަލަތަކުގައި މީހުން ދޫވާ މައްސަލަ ހައްލު ކުރުމަށް މިފަދަ މައްސަލަތަކާއި މެދު އަމަލު ކުރާ ގޮތް ހަރުކަށި ކުރުމާ މެދު ގޮތެއް ނިންމަން ޖެހޭ ކަމަށާ އެފަދަ މައްސަލަތަކާ މެދު ހާއްސަ އުސޫލަކުން އަމަލުކުރެވިދާނެ ކަމަށެވެ.

މިއަދުގެ މަޖިލީހުގައި މެމްބަރުން ވަނީ ވައްކަމުގެ ކުދި މައްސަލަތަކުގައި ހިމެނޭ މީހުންނަށް ނިސްބަތުން ބޮޑެތި ހުކުމްތައް އަންނަ އިރު މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހިމެނޭ މީހުން ޖަލަށް ނުލެވި މިނިވަންވާ މައްސަލައާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެކަން އެގޮތަށް ވަނީ ފަނޑިޔާރުންގެ އިހުލާސްތެރިކަން ނެތުމުން ކަމަށް ބައެއް މެމްބަރުން ފާހަގަކުރެއްވިއެވެ. އެކަމަކު ބައެއް މެމްބަރުން ވަކާލާތު ކުރައްވަމުން ގެންދެވީ އިދާރާތައް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top