ފުޅަދޫ ބަނދަރު ހެދުން ނިމުމަކާ ކައިރިއަށް!

viber_image_2021-06-24_06-33-50.jpg

ފޮޓޯ: މުހައްމަދު ޝާނީޒް

ބ.ފުޅަދޫ ބަނދަރު ހެދުމުގެ މަޝްރޫއު ނިމުމަކާ ކައިރިއަށް އަތުވެއްޖެ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

މަސައްކަތް ހިނގާގޮތުގެ އަދާހަމަ ދެމުން އެމްޓީސީސީން މިއަދު ބުނީ ބަނދަރު މަސައްކަތުގެ 87 އިންސައްތަ މިހާރު މުޅިން ނިމިފައިވާ ކަމަށެވެ.

ފަހުގެ މަސައްކަތްތަކުގެ ތެރެއިން ބޭރު ތޮށިލުމުގެ މަސައްކަތް މިދިޔަ ހޯމަ ދުވަހުންފެށިގެން ކުރިއަށް ދާއިރު މިހާރު ކުރިއަށްދަނީ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން، 51,861.5 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 223 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 108 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 283 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.

އަދި ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމާއި، 558 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލު ކުރި މަޝްރޫއުގެ އަގަކީ 49.4 މިލިއަން ރުފިޔާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top