އޭދަފުށިން 3 މަހުގެ ތުއްތު ކުއްޖެއް ހިމެނޭގޮތަށް 4 ޕޮޒިޓިވް ކޭސް .

EYD-AERIAL-1.jpg

އޭދަފުށި އޭރިއަލް ފޮޓޯ / އީވީ ފޮޓޯ: ޔާނިއު

އޭދަފުށިން މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް 4 ކޭސް އެއް ފެނުުނު އިރު އޭގެ ތެރޭގައި 3 މަހުގެ ތުއްތު ކުއްޖަކު ހިމެނޭ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މައުލޫމާތު ދީފިއެވެ.

3 މަހުގެ ތުއްތު އަންހެން ކުއްޖެއްގެ އިތުރުން މި ކޭސްގައި ހިމެނެނީ 42 އަހަރުގެ އަންހެނަކާއި ތިން އަހަރުގެ އަންހެއް ކުއްޖަކާއި 64 އަހަރުގެ އަންހެނެއް ކަމަށް (އެޗް.އީ.އޯ.ސީ) އިން ވިދާޅުވިއެވެ.

މިއީ އެއް އާއިލާ އެއްގެ ބައެއްކަމަށް އީވީއަށް މައުލޫމާތު ލިބިފައިވެ އެވެ.

މި މީހުން ޕޮޒިޓިވް ވީކަން އެނގިފައިވަނީ ކަރަންޓީނުގެ މުއްދަތު ހަމަވެގެން ނެގި ސާމްޕަލް ތަކުންނެވެ.

އޭދަފުށިން 4 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، ދ.ކުޑަހުވަދޫންވެސް މިއަދުވަނީ 4 މީހަކު ޕޮޒިޓިވް ވެފަ އެވެ. އަދި ޅ. ނައިފަރުން 4 މީހަކު، ރ. އިނގުރައިދޫން 4 މީހަކު ރ.ރަސްމާދޫން އެކަކުގެ އިތުރުން  ގއ. ދާންދޫން ވެސް 2މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

ރާއްޖޭގައި މިހާރު 2624 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު އޭޭގެތެރެއިން 181 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި މިހާތަނަށް މި ވައިރަހުގެ ސަބަބުން ރާއްޖެއިން 28 މީހަކު ވަނީ ނިޔާވެފައެވެ.

ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ޕޮސިޓިވް ވަމުންދާއިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެހެންކަމުން ކޮވިޑް-19 އަށް ޙާއްސަކޮށްފައިވާ އެނދުތައް ފުރުމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top