ކުރިއަށްވެސް އޮތީ ވިއްސާރަ

މސުން.jpg

އޭދަފުށި .

ހުލަގު މޫސުން ފެށި ރާއްޖޭގެ ބޮޑު ބަޔަަށް ވިއްސާރު ކުރަމުން ދާއިރު ކުރިއަށްވެސް އޮތީ ވިއްސާރަ ދުވަސްތަކެއްކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް ) އިން ބުނެފިއެވެ.

މެޓް އޮފީހުން ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު ހުޅަނގު މޫސުން ފަށާފައިވާ ކަމަށާއި ރާއްޖެއަށް މިހާރު މި ވެހެނީ ހުޅަނގު މޫސުމުގެ ވާރޭ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ކަނޑުތައް ގަދަ ވާނެ ކަމަށާއި ކަނޑުދަތުރު ކުރާ ފަރާތްތަކުން އެ ކަމަށް ހާއްސަ ސަމާލުކަމެއް ދޭން އެދިވަޑައިގަނެއެވެ.

އެއިދާރާއިން މޫސުން ކުރިއަށް ލަފާ ކުރާ ގޮތަށް ބަލާއިރު ކުރިއަށް އޮތް ދެ ތިން ދުވަހު މުޅި ރާއްޖެއަށް ވާރޭ ވެހޭނެ އެވެ. އަދި މެދު ރާއްޖެ އާއި އުތުރުގެ އަތޮޅުތަކަށް ވަކިން ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށާ ދެކުނުގެ އަތޮޅުތަކަށް ކުރަމުން ދިޔަ ވިއްސާރަ މަޑުޖެހިލުން އެކަށީގެންވާ ކަމަށް ވިދާޅުވި އެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ އިތުރުން އުދަ އެރުން އެކަށީގެންވާތީ އެކަމަށް ސަމާލުކަން ބަހައްޓަން ވެސްމެޓުން އެދިވަޑައިގަނެއެވެ.

މެޓް އޮފީހުން ވަނީ ށ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް ރީނދޫ އެލާޓް ވެސް ނެރެފަ އެވެ. މެންދުރު 3:00 އާ ހަމައަށް އެ އެލާޓް ނެރެފައިވާ އިރު، އެ ވަގުތު އެ އަތޮޅުތަކަށް 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެ އެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު 50 މޭލުގައި ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top