ކެނޯއެއްގައި ދަރަވަންދޫއަށް ދިޔަ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

DSCN9174.jpg

ދަރަވަންދޫ ---އީވީ ފައިލް ފޮޓޯ

ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ހުއްދަ ނުހޯދާ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާ ކޮށްފައިއޮއްވާ މީގެ ދެދުވަސް ކުރިން ބ.މާޅޮހުން ބ. ދަރަވަންދޫއަށް ކެނޯއެއްގައި ދަތުރު މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބ. މާޅޮސް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ކުރިން ބުނީ މި މީހާ ދަރަވަންދޫ އަށް ދަތުރުކޮށްފައި ވަނީ އެއްވެސް ރަށެއްގެ ޓާސްކްފޯސް އަށް ނާންގައި ކަމަށެވެ.

މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި އެންމެންގެ ރައްކާތެރިކަމަށްޓަކައި ރަށްރަށުގައި އެކުލަވާލާފައިވާ ޓާސްކްފޯސްގެ ހުއްދަ އާއި ނުލައި ރަށްރަށަށް މީހުން ދަތުރު ނުކުރުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.

ހުއްދަ ނުހޯދާ ދަތުރު ކުރުން މަނާ ކޮށްދައިވާ އިރު ދާދި ފަހުން ކުރިން ބ.ގޮއިދޫން ފަތާފައި ފުޅަދު އަށް ދިޔަ މީހަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. މީގެ އިތުރުން ވެސް ހުއްދަ ނުހޯދާ އަތޮޅުތެރޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރި ބަޔަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top