ތަރުކާރީއާއި މޭވާއަށް ޚާއްސަކޮށްގެން އޭދަފުށީގައި ފިހާރައެއް ހުޅުވައިފި

އަލްތައާމް.jpg

ތަރުކާރީއާއި މޭވާއަށް ޚާއްސަ ކޮށްގެން އޭދަފުށީގައި ފިހާރައެއް ހުޅުވައިފިއެވެ. މިއީ އޭދަފުށީގައި ހަމައެކަނި ތަރުކާރީ އާއި މޭވާއަށް ހާއްސަ ކޮށް ހުޅުވި ފުރަތަމަ ފިހާރައެެވެ

“އަލްތައާމް” ނަމަކަށް ކިޔާ މި ފިހާރަ ހުންނަނީ އޯކިޑް މަގުގައި، ކުރީގެ ޅަފަންގެ ހޮޓާ ހިންގި އިމާރާތާ ޖެހިގެންނެވެ.

މި ފިހާރައިގެ މެނޭޖަރު މުހަންމަދު ރާއިފް ބުނީ ތަރުކާރީއާއި މޭވާއަށް ހާއްސަ ކޮށްގެން ފިހާރައެއް ހުޅުވަން ގަސްދު ކުރީ ގިނަ ބާވަތްތަކުގެ ތަރުކާރީ އާއި މޭވާ އެއްތަނަކުން ލިބެން ހުރުމަކީ އޭދަފުއްޓަށް ވަރަށް ބޮޑަށް ބޭނުން ވެފައިވާ ކަމަކަށް ވިސްނިގެން އެ ޚިދުމަތް ދިނުމުގެ ގޮތުންކަމަށެވެ.

އޭނާ ބުނީ މި ފިހާރައިން ވިއްކާ ތަރުކާރީގެ އަގުތައްވެސް އޭދަފުށީގެ އެހެން ފިހާރަތަކުން ވިއްކާ އަގު ތަކަށްވުރެ ބޮޑު ނުވާނެ ކަމުގައެވެ. އަދި އަބަދުވެސް ތާޒާކަމާއެކު މޭވާއާއި ތަރުކާތީ މި ފިހާރައިން ލިބެން ހުންނާނެ ކަމަށްވެސް އޭނާ ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top