ނަމާދުން ފައިބައިގެން ދަނިކޮށް ބޮލަށް އެރި ވަޒަނުން ކަމެއް ނުވި

ނަމާދުން ފައިބައިގެން ގެއަށްދަނިކޮށް ބޮލަން ވަޒަން އެރިމީހާގެ ފޮޓޯ.

ނަމާދުން ފައިބައިގެން ގެއަށްދަނިކޮށް ބޮލަން ވަޒަން އެރިމީހާގެ ފޮޓޯ.

އިރާގުގެ ފައްލޫޖާގައި މީހަކު ނަމާދުން ފައިބައިގެން ގެއަށް ދިޔަ މަގުމަތީގައި އެމީހާގެ ބޮލަށް ވަޒަން އެރި ނަމަވެސް މާ ބޮޑު އަނިޔާއެއް ނުލިބި އެމީހާ ސަލާމަތްވެއްޖެ އެވެ.

ފައްލޫޖާގެ ޝެއިޙެއް ކަމަށްވާ މުހައްމަދު އުބައިދު އަލް ރާވީ އާންމުކުރެއްވި އެ ފޮޓޯއިން ފެންނަނީ މިދިޔަ އާދިއްތަ ދުވަހު މަޣްރިބް ނަމާދުކޮށްގެން އެ ފިރިހެން މީހާ ގެއަަށް ދަނިކޮށް ދިމާވި ހާދިސާއަކަށްފަހު ނަގާފައިވާ ފޮޓޯތަކެކެވެ. ނަމަވެސް މިމީހާގެ ނަމެއް ޝެއިޙް ހާމަކޮށްފައެއް ނުވެ އެވެ.

އުބައިދު އަލް ރާވީ ވިދާޅުވީ އިރާގަށް އުފަން އުމުރުން ދުވަސްވީ މީހާއަކީ އޭނާގެ ގެއާއި ދިމާލުން ދިޔަ މީހެއް ކަމަށާއި އޭނާ މަގުމަތިން ހިނގާފައި ދިޔަ ވަގުތު އިރާގުގެ ހަނގުރާމަވެރިން އެސަރަހައްދަށް ހަމަލާދެމުން ދިޔަ ކަމަށެވެ. އަދި ހަމަލާތަކުން އެމީހާ ސަލާމަތްވާން މަސައްކަތް ކުރަނިކޮށް ވަޒަނެއް ބޮލަށް އެރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި ބޮލަށް އެރި ވަޒަން ނެގުމަށް ހޮސްޕިޓަލަށް ދިޔައިރު ވެސް އެމީހާގެ ފަރާތުން މާޔޫސްކަމެއް ފެނިފައިނުވާ ކަމަށާއި އެމީހާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށް ވެސް ޝެއިޙް ވިދާޅުވި އެވެ.

އުމުރުން ދުވަސްވީ މިމީހާގެ ބޮލަށް އެރި ވަޒަން މިހާރު ވަނީ ނަގާފައެވެ. ހޮސްޕިޓަލުން ބުނީ ބޮލުގެ ނާށިގަނޑުގައި ވަޒަން ޖެހިފައި އިންނަމަވެސް ނާށިގަނޑަށް ގެއްލުމެއް ލިބިފައިނުވާކަމަށެވެ.

އިރާގުގެ ފައްލޫޖާގައި މީހަކު ނަމާދުން ފައިބައިގެން ގެއަށް ދިޔަ މަގުމަތީގައި އެމީހާގެ ބޮލަށް ވަޒަން އެރި ކަމަށް ބުނެ ވާހަކަދެއްކި ނަމަވެސް އެއީ ދޮގު ހަބަރެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ވާހަކަދައްކަމުންނެވެ. ނަމަވެސް އަލްއަރަބިޔާއިން ވަނީ މި ފޮޓޯތަކަކީ ސައްހަ ފޮޓޯތަކެއްކަން ކަށަވަރުކޮށްދީ އެ ހަބަރު ގެނެސްދީފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top