އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮވީ ކިހާވަރަކަށް ؟

179362_3_09bb161de9ca425a562e5140269f91fddf52897d_medium.jpg

އިއްޔެ ހަވީރުން ފެށިގެން ނޫސްތަކުގެ ފަލަ ސުރުޚީއަކަށް ވެފައިއޮތީ ސަރުކާރުގެ އެއަރލަިއން މޯލަްޑިވިއަން އިން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު 25-30 އާދެމެދު ހެޔޮކުރި ވާހަކައެވެ.

ރާއްޖޭގެ އެއް އެއަރޕޯޓުން އަނެއް އެއަރޕޯޓަށް ކުރާ ދަތުރުތައް ނުވަތަ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މޯލްޑިވިއަން އިން މިހާރު ވަނީ ރާއްޖޭގެ އެތެރޭގެ އުދުހުންތައް 20-30 އިންސައްތައަށް ކުޑަކޮށްފައެވެ. އެކަމާގުޅިގެން އެ އެއަރލައިންގެ ފަރާތުން އިއުލާނުކޮށްފައިވާ އަގުތަކަށް ބަަލާއިރު ބައެއް ސެކްޓަރތަކަށް ކުރާ ދަތުުރުތަކުގެ އަގުތައް އެވިދާޅުވާ އިންސައްތައަށް ތިރި ކުރެވިއްޖެ ހެއްޔެވެ. މާދުރަށް ނުގޮސް އަލުގަނޑުމެން މިއުޅޭ ވެށި ނުވަތަ ބ.އަތޮޅުގެ ސެކްޓަރަށް ބަލާލަމާ ހިނގާށެވެ.

ދަރަވަންދޫ -މާލެ- ދަރަވަންދޫ، އެއްކޮޅު ޓިކެޓެއް މޯލްޑިވިއަން އިން ވިއްކާ އަގަކީ 999ރުފިޔާ ކަމަށް ވިޔަސް ފެއަރގެ އަގެއްގެ ގޮތުގައި 599 ރުފިޔާ އަށް ލިބެއެވެ. ނަމަވެސް އެއީ ލިމިޓެޑް އެއްޗަކަށް ވާތީ ބައެއް ފަހަރު ނުލިބުނަސް އާއްމު އަގެއްގެ ގޮތުގައި 675 ރުފިޔާއަށް އެއްކޮޅު ޓިކެޓް ލިބެ އެވެ.

ވިލާ އެއަރއިން ފެއަރގެ އެއްކޮޅު ޓިކެޓްގެ އަގަކީ 575 ރުފިޔާ އެވެ. އަސްލު އަގުގެ ގޮތުގައި ކަނޑައަޅާފައިވާ ރޭންޖަކީ 675 އާއި 875 އާ ދެމެދު ކަމަށް ވިޔަސް ދިވެހިންނަށް އާއްމުކޮށް 675 އަށްވުރެ އަގު ބޮޑުނުވާ ކަމަށް ވިލާ އެއަރ އިން މައުލުމާތު ދެއްވިއެވެ.

އައިލެންޑް އޭވިއޭޝަނުން 25-30 އިންސައްތައަށް އަގުތައް ކުޑަކޮށްފައި އިއުލާނުކޮށްފައިވާ ދަރަވަންދޫ -މާލެ- ދަރަވަންދޫ ދެކޮޅު ޓިކެޓްގެ އަގެއްކަމުގައި ކަނޑައަޅާފައިވަނީ 1098ރުފިޔާއާއި 1562ރުފިޔާ އާއި ދެމެދެވެ. އެހެންވީމާ އެއްކޮޅު ޓިކެޓެއްގެ އެންމެ ހެޔޮ އަގަކަށް ވާނީ 549 ރުފިޔާ އެވެ. މިހާރު ލިބޭ އެންމެ ހެޔޮ އަގަކީ 599 ރުފިޔާ އެވެ. މިރޭންޖްގައި ޓިކެޓް ވިއްކޭނެ ބޮޑުއަގަކީ 781 ރުފިޔާ އެވެ.

އެހެންވީމާ ރައްޔިތުން އުއްމީދު ކުރިވަރުގެ ހެޔޮ ބަދަލެއް ނުވަތަ ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވިދާޅުވިފަދައިން ރައްޔިތުން ހީވެސް ނުކުރާފަދަ ހެޔޮ އަގެއް އެތެރޭގެ އުދުހުން ތަކުން ފެނިއްޖެ ހެއްޔެވެ. ނުވަތަ އަގު ހެޔޮވެގެން މިދިޔައީ ކިހާ ވަރަކަށް ހެއްޔެވެ؟

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top