ޒޯން ބުރުގެ ފުރަތަމަ މެޗްގައި އޭދަފުށި މިރޭ ނުކުންނާނީ އަލިފުއްޓާ ދެކޮޅަށް

IMG_9675.jpg

އޭދަފުށި ޓީމް

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް މުބާރާތުގެ ޒޯން ބުރުގެ ފުރަތަމަ މެޗުގައި އޭދަފުށި މިރޭ ނުކުންނާނީ ރ.އަތޮޅުގެ ޗެމްޕިއަން އަލިފުއްޓާ ދެކޮޅަށެވެ.

އަލިފުށި ރ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ ރ. އިނގުރައިދޫ ދެމެޗުން ބަލިކުރުމަށްފަހުއެވެ. އިނގުރައިދޫއަކީ މިދިޔަ އަހަރުގެ ޒޯން މުބާރާތް ކާމިޔާބު ކުރި ޓީމެވެ. އޭދަފުށްޓާއި އަލިފުށީގެ އިތުރުން ޒޯން ދޭއްގައި ދެން ހިމެނެނީ ނ. އަތޮޅުގެ ޗެމްޕިއަންކަން މާފަރު ޓީމެވެ. ނ. އަތޮޅުގެ ޗެމްޕިއަންކަން މާފަރު ހޯދާފައިވަނީ  ކުޑަފަރި އާއި މަނަދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ޒޯން ބުރުގައި އޭދަފުށްޓާއި އަލިފުށި ބައްދަލުކުރާ މެޗު އޮތީ މިރޭ 9 ޖަހާއިރު މާލޭގެ މާފަންނު މިނީ ފުޓްސަލް ދަނޑުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top