ފަހުމިނެޓްގައި ޖެހިލަނޑާއެކު އޭދަފުށި ސެމީއަށް ހިނގައްޖެ

eydhafushi youth team playing

އެލްމޯބައިލް ޔޫތް ޗެންޕިއަންޝިޕްގެ ތިންވަނަ ކުއާޓަރ ފައިނަލްގައި ރޭ ފަހުވަގުތު ޖެހިލަނޑާއެކު މަހިބަދޫ ސްޕޯޓްސް ކްލަބް 1-0ން ބަލިކޮށް އޭދަފުށީ ޒުވާނުންގެ ކުލަބް މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

އެފްއޭއެމްގެ 1 ނަމްބަރ ޓާފް ދަނޑުގައި ރޭކުޅުނު މެޗްގެ ހަމައެކަނި ލަނޑު މެޗްގެ ފަހުހާފްގެ އެންމެފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ އޭދަފުށީ ޓީމްގެ އާދަމް ޝިމާން އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ދެވަނަ ހާފްގައި އޭދަފުށީ ޓީމްގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލްއަކާ ގުޅިގެން މަހިބަދޫ ޓީމްގެ ކުޅުންތެރިއަކަށް ރަތްކާޑުވެސް ދައްކާފައިވެއެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި މިމަހުގެ 17 ވަނަދުވަހު އޭދަފުށި ބައްދަލުކުރަންޖެހޭނީ މިރޭކުޅޭ ކުއާޓާފައިނަލްގެ ފަހުމެޗްގައިގައި މާޒިޔާއާ، ވައިކަރަދޫ މެޗުން މޮޅުވާ ޓީމަކާއެވެ. ސެމީފައިނަލްގެ އަނެއްމެޗްގައި މިމަހު 16 ވަނަދުވަހު ކެލާ ނާޅިއާ، އީގަލްސް ބައްދަލުކުރާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top