މަބްރޫކު, އިންޑިއާސަފީރާ ބައްދަލުކުރައްވައިފި

24991397_1976970499185709_3595289241909631038_n.jpg

ބ. އަތޮޅު ކައުންސިލުގެ ރައީސް މަބުރޫކާއި ނައިބުރައީސް އަފްރާހު އިންޑިއަން ހައި ކޮމިޝަނަރ އަކިލޭޝް މިޝްރާއާ ބައްދަލުކުރައްވަނީ.—ފޮޓޯ: އިންޑިއަން ހައިކޮމިޝަން

ބ.އަތޮޅު ކައުންސިލްގެ ރައީސް މަބްރޫކް ނަސީރު ، އިންޑިއާގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ހައިކޮމިޝަނަރ ކައިލޭޝް މިޝްރާއާ އިއްޔެ ބައްދަލު ކުރައްވައިފިއެވެ.

މިބައްދަލު ކުރެއްވުމުގައި މަޝްްވަރާ ކުރެވުނީ އިންޑިއަން ހައި ކޮމިޝަނާ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ކަމަށް އަތޮޅު ކައުންސިލުން ބުނެއެވެ.

އެގޮތުން ތައުލީމީ އަދި ސިއްހީ ދާއިރާގެ ސްކޯލަޝިޕް ފުރުސަތުތަކާ ގުޅޭ ގޮތުންނާއި ކައުންސިލް ހިންގުން ހަރުދަނާ ކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ދާއިރާތަކާ ގުޅޭ ގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިކަމަށް އަތޮޅު ކައުންސިލުން ބުނެއެވެ.

ރައީސް މަބްރޫކް ވިދާޅުވީ ބ. އަތޮޅުގެ ކުދިންނަށް ހިލޭ ކިޔެވުގެ ފުރުސަތުތަކެއް ކައިރި މުސްތަގުބަލުގައި ލިބުމަކީ ހައިކޮމިޝަނަރުގެ ވަރަށްބޮޑު އުއްމީދެއްކަމަށާ މި ބައްދަލުވުމުގެ ސަބަބުން ހައިކޮމިޝަނާ ބ. އަތޮޅު ކައުންސިލާ ދެމެދު ވަރަށް ބޮޑަށް ގުޅުން ބަދަހިވެއްޖެކަމުގައެވެ.

އަތޮޅު ކައުންސިލުގެ ނައިބް ރައީސް މުހައްމަދު އަފްރާހުވެސް ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި ހައިކޮމިޝަނަރ އަށް ވަނީ އޭދަފުއްޓަށް ވަޑައިގަތުމަށް ދައުވަތު އަރުވާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top