ބ. އަތޮޅު ކައުންސިލުން ޕާސްޕޯޓްގެ ޚިދުމަތް ދިނުމާބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

Passport-2.jpg

ދިވެހި ޕާސްޕޯޓަށް އެދޭ ފަރާތްތަކުން ހުށަހަޅަން ޖެހޭ ޕާސްޕޯޓް އެޕްލިކޭޝަން ޕްރޮސެސިންގ ޚިދުމަތް ދިނުމާ ބެހޭ އެއްބަސްވުމެއްގައި މޯލްޑިވްސް އިމިގްރޭޝަން އާއި ބ.އަތޮޅު ކައުންސިލާ ދެމެދު ސޮއި ކޮށްފިއެވެ. އިމިގްރޭޝަންގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި ބ.އަތޮޅު ކައުންސިލް ގެ ފަރާތުން  ސޮއިކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް މަބްރޫކް ނަސީރުއެވެ. މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މޯލްޑިވްސް އިމިގްރޭޝަންގެ ޒިންމާދާރު ވެރިޔާ ހާމިދު ފަތުހުﷲ އެވެ.

މި އެއްބަސްވުމުގެ ދަށުން ދިވެހި ޕާސްޕޯޓް އަލަށް ހެއްދުމަށް ބޭނުންވާ ފަރާތްތަކާއި، މުއްދަތު ހަމަވެގެން ޕާސްޕޯޓް އައުކުރުމަށް ބޭނުންވާ ފަރާތްތަކުގެ އިތުރުން، މުއްދަތު ހަމަވާން 8 މަހަށްވުރެ ކުރު މުއްދަތެއް އޮތް ޕާސްޕޯޓެއް އާކުރުމަށް ބޭނުންވާ ފަރާތްތަކުން ހުށަހަޅާ ފޯމާއި ފީ ބަލައިގަތުމުގެ ޚިދްމަތް އަތޮޅު ކައުންސިލްގެ އިދާރާއިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އަތޮޅު ކައުންސިލުން ބުނެއެވެ.

މިޚިދްމަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް މިހާރު ނިމިފައިވާއިރު، ޚިދްމަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ 10 ޑިސެމްބަރު 2017ވާ އާދީއްތަ ދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top