ދުންފަތުގެ އިސްތިއުމާލު ނުކުރާ ގެތަކަށް އިނާމުދޭން ނިންމައިފި

cigi.jpg

ދުންފަތާ ދުރުހެލި ކުރުމުގެ ގޮތުންނާއި ދުންފަތުގެ އިސްތިއުމާލު ކުރުން ކޮންޓްރޯލް ކޮށް ދިވެހި އާއިލާތައް ދުޅަހެޔޮކޮށް ބޭތިއްބުމަށް ހިތްވަރު ދިނުމުގެ ގޮތުން ، ދުންފަތުގެ އިސްތިއުމާލު ނުކުރާ ގެތަކަށް އިނާމު ދިނުމަށް ހެލްތް މިނިސްޓްރީން ނިންމަވައިފިއެވެ.

އެމިނިސްޓްރީން މިއަދު އާއްމު ކުރި އިއުލާނެއްގައިމިފަދަ ގެތަކަށް އިނާމު ދިނުމުގެ އުސޫލުވެސް ވަނީ ބަޔާން ކޮށްފައެވެ.

މި އުސޫލުގައިވާ ގޮތުން މި އިނާމު ކަނޑައެޅޭނީ ތިން ޝަރުތެއް ފުރިހަމަވާ ގެތަކަށެވެ. އެއީ ދިވެހި ގޭބިސީއެއް ކަމުގައިވުމާއި އެ ގޭބިސީއެއްގައި ދިރިއުޅޭ ބަޔަކު ދުންފަތުގެ އިސްތިއުމާލު ނުކުރާތާ މަދުވެގެން އެއް އަހަރު ދުވަސް ވެފައިވުމުގެ އިތުރުން ގޭބިސީއަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ގޭބިސީއެއްކަން ކުރާ ސާވޭ އިން ކަނޑައެޅިފައިވުމެވެ.

އަހަރަކު އެއް ފަހަރު ދިނުމަށް ކަނޑައެޅިފައިވާ އެ އިނާމު ހައްގުވާ ފަރާތްތައް ކަނޑައަޅާނީ، އެކަމަށްޓަކައި ހެލްތު މިނިސްޓްރީން އެކުލަވާލާ ކޮމިޓީއަކުންނެވެ.

އިނާމަށް އެދި ހުށަހަޅާނީ، ހެލްތު މިނިސްޓްރީގެ ފަރާތުން އާންމުކޮށް އިއުލާނުކުރުމުން، އެކަމަށް ކަނޑައެޅިފައިވާ ފޯމު މެދުވެރިކޮށެވެ.

ހެލްތު މިނިސްޓްރީ އިން އާންމުކުރި އުސޫލުގައިވާ ގޮތުން އެ އިނާމު އެ ގޭބިސީއަކަށް ދިނުމަށްފަހު، އެ ގޭބިސީއެއްގައި ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top