ބ.އަތޮޅު ކައުންސިލްގެ ހުވާކުރުން މިއަދު ހަވީރު

DSCN6125-800x490-800x490.jpg

ބ.އަތޮޅު ކައުންސިލްގެ ހުވާކުރުން އޮންނާނީ މިއަދު ހަވީރު 4:00 ގައި ކަމަށް އަތޮޅު ކައުންސިލުން ބުނެފި އެވެ.

އަތޮޅު ކައުންސިލުން ބުނީ ކޮވިޑްގެ ސަބަބުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރަސްމިއްޔާތު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އަތޮޅު ކައުންސިލް އިދާރާގައި އޮންލައިން ކޮށް ކަމަށެވެ.

މި ރަސްމިއްޔާތު އަތޮޅު ކައުންސިލުގެ ފޭސްބުކް ޕޭޖުން ވަގުތުން ދައްކާ ގޮތަށް ހަމަޖެހިފައި ކަމަށް އަތޮޅު ކައުންސިލުން ބުނެ އެވެ.

ބ.އަތޮޅު ކައުންސިލަށް މި ދައުރު އިންތިޚާބުވެފައި ވަނީ މިހާރުވެސް އަތޮޅުު ކައުންސިލަރެއްގެ ގޮތުގައި ހުންނެވި އަހުމަދު އަފްރާހު އެވެ. އެމްޑީޕީގެ ޓިކެޓްގައި ވާދަކޮށް އޭނާ އިންތިޚާބު ކާމިޔާބު ކުރެއްވީ ޕީޕީއެމްއިން ކުރިމަތިލެއްވި މުހައްމަދު ޝަކީލް ބަލި ކުރައްވާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top