މިއުޒިކާއި ލަވަ ހަރާމް ވަނީ މުންކަރާތްތަކަށް އަރައިގަތުމުން: ޑރ.އަބްދުﷲ ދީދީ

FzDUYpafuLCSf9lal45whZ25Ay711nnS04RDEOAh.jpeg

ރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ - ފޮޓޯ: މަޖިލިސް

ލަވަ އާއި މިއުޒިކް ހަރާމް ވަނީ މުންކަރާތް ތަކަށް އަރައިގަތުމުން ކަމަށާއި ލަވަޔާއި މިޔުޒިކުގައި މަޝްޣޫލު ވުމަކީ ފަރްޟުތަކާއި ވާޖިބުތައް އަދާކުރުމަށް އޮތް ހުރަހެއް ކަމަށް ވާނަމަ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

މިއުޒިކާއި ލަވަ ހަރާމް ނޫން ކަމަށް ބުނެ ބައެއް މީހުން އެކަމާމެދު ޚިޔާލު ތަފާތުވެފައިވާ މި ދަނޑިވަޅުގައި ޑރ. އަހުމަދު އަބްދުﷲ ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއުޒިކާއި ލަވަ ހަރާމް ވަނީ މުންކަރާތްތަކަށް އަރައިގަތުމުން ކަމަށެވެ.

ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ އެ ޓްވީޓްގައި ވިދާޅުވީ، ޝަރްއީ ނައްޞުތަކާއި އުސޫލުތަކުގެ އަލީގައި ބަލާނަމަ ލަވައާއި މިޔުޒިކުގައި މަޝްޣޫލުވުމަކީ ފަރްޟުތަކާއި ވާޖިބުތައް އަދާކުރުމަށް އޮތް ހުރަހެއް ނަމަ ނުވަތަ ހަރާމް ކަންކަމަށް އަރައިގަތުމަށް ހުޅުވޭ ދޮރެއް ނަމަ، އެކަންކަން ހަރާމްވާނެ ކަމާމެދު ޝައްކެއް ނެތް ކަމަށެވެ.

އޭނާ އެގޮތަށް ވިދާޅުވެފައިވާއިރު މިއުޒިކް ހުއްދަކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް މައުމޫން ވިދާޅުވީ، މަތިވެރި ރައްބު ހަރާމް ކުރެއްވި ކަންތައްތަކުގެ ތެރޭގައި މިއުޒިކް ކުޅުމާއި، ލަވަކިޔުން ނޯންނަ ކަމަށެވެ.

“އެއްވެސް ކަމެއް ހަރާމް ވަނީ މަތިވެރި ރައްބު އެކަމެއް ހަރާމް ކުރެއްވުމުން، އެ އިލާހް ހަރާމް ކުރެއްވި ކަންތައްތައް ވަނީ ކީރިތި ގުރުއާންގައި ބަޔާން ކުރައްވާފައި. އަދި އެކަންކަމުގެ ތެރޭގައި މިއުޒިކް ކުޅުމާއި، ލަވަކިޔުން ނޯވޭ،” ދި ޑެއިލީއަށް ރައީސް މައުމޫން ވިދާޅުވިއެވެ.

މައުމޫންގެ އެ ވާހަކަތަކާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވި އެވެ.

މިއުޒިކާއި ލަވައިގެ ހުކުމާއި މެދު މިފަދަ ވާހަކަތަކެއް ދެކެވެން ފަށާފައި ވަނީ، މާލޭގައި މަޖާކޮށްލެވޭ މަރުކަޒުތައް ގާއިމް ކުރުމަށް ގޮވާލައި އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ގަރާރާއި ގުޅިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top