ސްކޫލް ހުޅުވެން ދެދުވަސް. އެކްޓިވިޓީ ޔުނިފޯމާއި ފޮތްތައް ހަމައެއްނުވޭ

DSCN5548.jpg

އަންނަ އާދީއްތަ ދުވަސް ނުވަތަ މިމަހުގެ 13ވަނަ ދުވަހަކީ ދިރާސީ އާއަހަރުގެ ކިޔެވުން ފެށޭ ދުވަހެވެ. މި ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ހުޅުވުމަށް ތައްޔާރުވެފައިވާއިރު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވިދާޅުވަނީ ދިރާސީ އާއަހަރަށް އެމިނިސްޓްރީން ކުރަންޖެހޭ ހުރިހާ ކަމެއް މިހާރު ނިމިފައިވާ ކަމުގައެވެ. އެގޮތުން ސްކޫލްތަކަށް ބޭނުންވާ ޓީޗަރުންނާއި ބޭނުންވާ ހުރިހާ ޓެކްސްޓް ފޮތްތަކެއްވެސް ސްކޫލް ހުޅުވޭ އިރު ހަވާލުކުރެވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ

ބ.އަތޮޅު ތައުލީމީ މަރުކަޒުންވެސް ބުނަނީ ސްކޫލަށް ބޭނުންވާ ޓީޗަރުން ހަމަވެފައިވާ ކަމަށާ ޓެކްސްޓް ފޮތްތަކުގެ ތެރެއިން މިހާރު ހަވާލު ނުކުރެވި ހުރި ފޮތްތައް ވެސް އާދީއްތަ ދުވަހު ހަވާލު ކުރެވޭނެ ކަމުގައެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ހުރިހާ ގްރޭޑަކަށް ބޭނުންވާ ފޮތްތަކުގެ ތެރެއިން ގިނަ ފޮތްތައް މީގެ ދެ ދުވަސްކުރިން ބެލެނިވެރިންނާ ހަވާލު ކުރިނަމަވެސް ބައެއް ފޮތްފޮތް އަދި ނުލިބޭނީ އަދިވަނީ ހަވާލު ނުކުރެވިއެވެ.

ސްކޫލްގެ އެޑްމިނިސްޓްރޭޓަރ އަލީ އިމާދު އީވީއަށް ވިދާޅުވީ ހަވާލު ނުކުރެވި ހުރި ފޮތްތައް އާދިއްތަ ދުވަހު ހަވާލު ކުރާނެކަމަށާއި އެކްޓިވިޓީ ޔުނިފޯމްވެސް އެހަފްތާގައި ހަވާލުކުރާނެ ކަމުގައެވެ.

“އާދިއްތަ ދުވަހު (ސްކޫލް ހުޅުވޭ ދުވަސް) ހަވާލު ނުކުރެވިހުރި ފޮތްތައް ހަވާލު ކުރެވޭނެ. އަދި އެކްޓިވިޓީ ޔުނިފޯމްވެސް އެހަފްތާގައި ލިބޭނެ.” އެކްޓިވިޓީ ޔުނީފޯމާ ބެހޭ ގޮތުން އިމާދު ވިދާޅުވިއެވެ.

“އެކްޓިވިޓީ ޔުނީފޯމަކީ ސީދާ ސްކޫލުން ފޯރުކޮށްދޭ އެއްޗެއް ނޫން. އެކަން އޮންނާނީ ބިޑްކޮށްގެން ބަޔަކާ ހަވާލުކޮށްފައި. އެކަމަކު ސްކޫލުން އެކަން ބަލަމުން ދާނެ. ”

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ވައުދުގެ ތެރޭގައި ހިމެނޭ ސްކޫލްތަކުގެ ކުދިންނަށް ހެނދުނުގެ ނާސްތާދިނުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން އެކަން ތަޖްރިބާ ކުރާ ފުރަތަމަ 25 ސްކޫލްގެ ތެރޭގައި މަރުކަޒު ހިމެނުނު ނަމަވެސް އެކަންވެސް ސްކޫލް ފެށެންވާއިރު ހަމަނުޖެހޭ ކަމަށް އިމާދު ވިދާޅުވިއެވެ. “އެމަސައްކަތް ކުރިއަށް އެބަދޭ. އެކަމަކު ސްކޫލް ހުޅުވޭއިރު ނާސްތާ ޕްރޮގްރާމް ފެށޭ ވަރެއްނުވާނެ.” އިމާދު މައުލޫމާތު ދެއްވިއެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ރާއްޖޭގެ ގިނަ ސްކޫލުްތަކެއްގެ ބެލެނިވެރިން ، ފޮތްތައް ހަމަނުވުމުގެ ޝަކުވާއާއި ސްކޫލް ފެށެން ދެ ދުވަހަށް ވެފައިވާ އިރު އެކްޓިވިޓީ ޔުނިފޯމްވެސް ނުލިބޭ ކަމުގެ ޝަކުވާ އަންނަނީ ކުރަމުން ނެވެ. މީގެ ޖަވާބުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު އަލީ ވިދާޅުވަނީ ޓެކްސްޓް ފޮތްތައް ހަވާލުކުރަން ކުރިން ވެސް ހަމަޖައްސާފައިވަނީ އާ އަހަރުގެ ކިޔެވުން ފެށޭ ދުވަސް، އަންނަ އާދިއްތަ ދުވަހުކަމަށާ އެކަން ބެލެނިވެރިންނަށް ވެސް އަންގާފައިވާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top