ފިތުރު އީދާ ދިމާކޮށް ދިރާގުން ވައިބާ ސްޓިކާ ޕެކެއް ނެރެފި އެވެ.
ދިރާގުން ބުނީ އަލަށް ތައާރަފު ކުރި ސްޓިކާތަކަކީ ރޯދަ މަހާ އީދާ ގުޅުވައިގެން ދިވެހިންގެ އާންމު ދިރިއުޅުމުގެ ބަހުރުވަ އާއި ވައްޓަފާޅި ދައްކުވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ސްޓިކާތަކެއް ކަމަށެވެ.
އެ ކުންފުނިން ބުނީ ސްޓިކާ ޕެކްގެ ސަބަބުން ގާތް ތިމާގެ މީހުންނަށް އީދުގެ ތަހުނިޔާ ރީތި ސްޓިކާއެއްގެ ސިފައިގާ ފަސޭހަކަމާއެކު ފޮނުވާލެވޭނެ ކަމަށެވެ.
މި ސްޓިކާ ޕެކްގައި ހުވަދޫ ބަހާއި އަޑޫ ބަސް ފަދަ ރާއްޖޭގެ ބައެއް އެހެން ސަރަހައްދުތަކުގެ ބަހުރުވައިން ތައްޔާރުކޮށްފައިވާ ސްޓިކާ ހިމެނެ އެވެ.
ވައިބާ ބޭނުން ކުރާ މީހުންނަށް މި ސްޓިކާ ޕެކް ހިލޭ ޑައުންލޯޑު ކުރެވޭނެ އެވެ.
ދާދި ފަހުން ނިމިގެން ދިޔަ މޯލްޑިވިއަން އައިޑަލް ސީޒަން ދޭކާއި ގުޅުވައިގެންވެސް ދިރާގުންވަނީ ވައިބަރ ސްޓިކަރ ޕެކެއް ނެރެފައެވެ. އެ ސްޓިކަރ ޕެކަށްވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނުކަމަށް ދިރާގުން ބުނެއެވެ.