އޭދަފުށީ ކައުންސިލްގެ ރައީސަކަށް ތޮލާލް، ނައިބަކަށް ހައްވަ ހޮވައިފި

Untitled-1-800x449-800x449.jpg

މިއަދު ހުވައި ކުރި އޭދަފުށީގެ 3 ވަނަ ކައުންސިލްގެ ރައީސަކަށް ޕީޕީއެމްގެ ތޮލާލް އަބްދުއްރަހްމާން އަދި ނާއިބް ރައީސާއަކަށް ޕީޕީއެމްގެ ހައްވާ ސަމީހާ އިންތިހާބުކޮށްފިއެވެ.

ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގެ ފަހުން މެންދުރުފަހު 1:30 ގައި ބޭއްވި ކައުންސިލް ފުރަތަމަ ޖަލްސާގައި ތޮލާލް ރައީސަކަށް ހޮވުނީ ކައުންސިލްގެ 4 މެމްބަރުންގެ ވޯޓް ލިބިގެންނެވެ. އަނެއްވޯޓް ވީ ބާތިލް ވޯޓަކަަށެވެ. ރައީސް ކަމަށް ކުރިމަތިލެއްވީވެސް ތޮލާލް އެކަންޏެވެ.

ނާއިބުރައީސް ކަމަށް ހައްވަގެ ނަމުގެ އިތުރުން އަމިއްލަ ކެންޑިޑޭޓް ޒައިދު އަލީގެ ނަންވެސް ހުށައެޅުނެވެ. އޭނާއަށް ތާއީދު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ނައުޝާދު އަހްމަދެވެ. ވޯޓްގައި ނާއިބްރައީސްގެ މަގާމް ހައްވަ ކާމިޔާބުކުރީ 3 ވޯޓު ހޯދައިގެންނެވެ. ޒައިދަށް ލިބުނީ 2 ވޯޓެވެ.

އޭދަފުށީ ކައުންސިލްގެ މެޖޯޜިޓީ މިފަހަރުވެސް ލިބުނީ ޕީޕީއެމަށެވެ. އެގޮތުން 3 ގޮނޑި ޕީޕީއެމް ޑޮމިނޭޓް ކުރާއިރު، އަނެއް ދެގޮނޑި ލިބުނީ އަމިއްލަ މެމްބަރަކަށާއި، އެމްޑީއަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top