ވިއްސާރަ ވުމާއެކު ރޯގާތަކަށް ސަމާލުވުމަށް ބ. އަތޮޅު ހޮސްޕިޓަލުން އެދިއްޖެ

18782_506755216145125_3665148489279909844_n.jpg

މަދިރި ނައްތާލުމަށް ބ. އަތޮޅު ހޮސްޕިޓަލުން ކުރިޔަށް ގެންދިޔަ ޕްރޮޤްރާމެއްގެ ތެރެއިން ބ. އަތޮޅު ހޮސްޕިޓަލުން ގެއެއް ފާސްކުރަނީ. މަދިރިއުފެދޭ ތަންތަން ނައްތާލުމަށް އެހޮސްޕިޓަލުން އިލްތިމާސް ކުރޭ / ފޮޓޯ: އަތޮޅު ހޮސްޕިޓަލް

މިދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއްކަމަށްވާތީ، ރޯގާ ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ބިރު ބޮޑު ކަމަށާ، އެކަމަށް ސަމާލުވުމަށް ބ. އަތޮޅު ހޮސްޕިޓަލުން، އަތޮޅު ރައްޔިތުންގެ ކިބައިން އެދިއްޖެއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން މިކަމަށް އެދުނީ މިއަދު އީވީން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓްގެ ހެޑް ސިދުގީ އަބްދުﷲ އެވެ. ސިދުގީ ވިދާޅުވީ ހުޅަނގު މޫސުމުގެ ވިއްސާރައާއެކު، އާންމުގޮތެއްގައި ޑެންގީ ހުމުގެ އަސަރުތައް ފެންނަ ކަމަށާ، އެކަމަށް ސަމާލުވާންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ މެދުނުކެނޑި ގިނަދުވަސްތަކެއް ވިއްސާރަކުރަމުންދާތީ، މަދިރި އުފެދޭގޮތަށް ފެންހަރުލާ ޒާތުގެ ތަކެތި ނައްތާލުމަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭކަމަށާ، އަޅާނުލައި ދޫކޮށްލައިފިނަމަ ބޮޑު މުސީބާތެއް ކުރިމަތި ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

“ވަރަށް ވިއްސާރަކޮށް މިދަނީ. ވަރަށް ހުށިޔާރުވެގެން ތިބެން ޖެހޭނީ މިދުވަސްކޮޅު. ފެންހަރުލާ ޒާތުގެ ތަނެއް ހުރިއްޔާ ކޮންމެ ދުވަހަކުވެސް ބަލައި ނައްތާލަމުން ދާންޖެހޭނެ. ނޫނީ މުސީބާތެއް ކުރިމަތި ވުމަކީ ގާތްކަމެއް.” ސިދުގީ ވިދާޅުވިއެވެ.

ސިދުގީ ވިދާޅުވީ ސަމާލުވާންޖެހެނީ ހަމައެކަނި ޑެންގީގެ ނުރައްކަލާ އެކަނި ނޫންކަމަށާ، މިދުވަސްވަރަކީ ކެއިން ބުއިމުގައިވެސް ސަމާލުކަން ދޭންޖެހޭ ދުވަސްވަރެއްކަމަށްވާތީ، އެކަމާމެދުވެސް އާންމުން ސަމާލުކަން ދޭންޖެހޭ ކަމަށެވެ.

“ރޯދަމަހު ކެއުމުގެ ކަންކަން މިއޮތީ މުޅިން ބަދަލުވެފައި. އެއްފަހަރާ ގިނައިން ކެއުން، ނޫނީ ކެވޭ އެއްޗެއްގެ ސަބަބުން ހަޖަމު ކުރާ ނިޒާމަށް ތަފާތު މައްސަލަތައް ކުރިމަތިވާކަން އެބަ ފާހަގަކުރެެވޭ. އެހެންވީމާ، މިއީވެސް މިމުނާސަބަތުގައި ދައްކަން ޖެހޭ ވާހަކައެއް. ސަމާލުވާންވެސް ޖެހޭ ކަމެއް”

ސިދުގީ ވިދާޅުވީ މިދުވަސްވަރު ރޯގާއެއްގެ ސިފައިގައި އެއްވެސް ބައްޔެއް އަތޮޅުތެރޭގައި ފާހަގަނުކުރެވޭ ކަމަށާ، ނަމަވެސް މިކަންކަމަށް ފަރުވާ ކުޑަކޮށްފިނަމަ ލަނޑު ލިބޭނެކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top