މިއީ ޖަޕާންގެ ޔަމާޑާ ކައިކޫއެވެ. އުމުރަކީ 51 އަހަރެވެ. އެކަމަކު ބަލާބެލުމަށް ހީވަނީ 20 އަހަރުގެ ކުއްޖެއްހެންނެވެ. މޫނުގައި އެންމެ ރުލެއްވެސް ނެތެވެ. މި އުމުރުގައިވެސް އޭނާ އާދަޔާ ޚިލާފަށް ޒުވާން ކުއްޖެއްގެ ގޮތަށްފެނުމުގެ ސިއްރަކީ ކޮބާހެއްޔެވެ.
އޭނާ ޕްލާސްޓިކް ސާޖަރީއެއް ނުހަދައެވެ. ރީތި ވުމަށް އަގުބޮޑު ބިއުޓީ ކޮސްމެޓިކްސްގެ ބޭނުމެއްވެސް ނުކުރެއެވެ. ދިރިއުޅުމުގެ ރަނގަޅު އާދަތަކާއެކު ރީތިވުމަށް ބޭނުންކުރަނީ ގުދުތަރީ ބާވަތްތަކުން އުފައްދާ ތަކެއްޗެވެ. ދެން މޫނުން ރޫފިލުވުމުގެ ތެރަޕީއެވެ.
ޔަމާޑާ އުފަންވެފައިވަނީ 17 ޖެނުއަރީ 1966ގައެވެ. އޭނާއަކީ ޖަޕަނީސް އާޓިސްޓެއްގެ އިތުރުން ހޯސްޓްކުރުމާއެކު މޮޑެލްކުރާ ކުއްޖެކެވެ. އޭނާވަނީ 2012 ގައި ޓޯކިޔޯ ސެކަންޑްފޭސް ބިއުޓީ ކޮންޓެސްޓުން އެއްވަނަ ހޯދުމުގެ އިތުރުން “ދަމޯސްޓް ބިއުޓިފުލް ނެޗްރަލް ސްކިން މޭކަޕް” އަށްވެސް ހޮވިފައެވެ.
މި އެވޯޑްތައް އޭނާއަށް ލިބިފައިވަނީ އުމުރު ދެބައިވެ މުސްކުޅި އުމުރަސް އެޅުނު ފަހުން ޒުވާން އެތައް ކުދިންނަކާ ވާދަކޮށްގެން ކަމަށް ވާއިރު އޭނާއެކޭ އެއްފަދައިން 50 ގެ އަހަރުތައް ގުނެވެމުން ދާއިރުވެސް ރީތި މޫނަކާ ރަނގަޅު ސިއްހަތަކާއެކު ދިރިއުޅުމަކީ އެހާ އުނދަގޫކަމަކަށް ނުވާނެކަމަށް ބުނެފައިވެއެވެ. އޭނާ ފަދައިން ކޮންމެ އަންހެނަކަށްވެސް މިގޮތަށް ހުރެވިދާނެކަމުގެ އުއްމީދު ދީފައިވެއެވެ.
އޭނާ ބުނާގޮތުން މި އުމުރާހަމައަށް ޒުވާން ކޮށް ދެއްކުމުގައި ބަލާފައިވަނީ ހަމައެކަނި މޫނުގެ ތެރަޕީއާއި ފޭސް މާސްކެއް ނޫނެވެ. ކެއިން ބުއިމުގެ އާދައާއި ސްޓްރެސްއިން ދުރުވެ ހިތްހެޔޮ އަދި އުފާވެރި މޫޑެއްގައި ހުރުމަކީ އޭނާގެ މިސިފަ މިއަދާ ހަމައަށް ދެމިހުރުމުގެ ސަބަބު ކަމުގައި ބުނެފައި ވެއެވެ .
އަޖިނަމޮޓޯއާއި އަސާރަ އަދި ބަބުލްގަމް ،ޕޮޕްކޯން ، ތްރީ އިން ވަން ކޮފީ ،ހަކުރު، އިންސްޓަންޓް ނޫޑްލްސް ،އަދި ތެލުލި އެއްޗިއްސާއި ބިސްކޯދު ކަހަލަ ސްނޭކްސް ކައި އުޅެނީ ވަރަށް މަދުންކަމުގައި އޭނާ ބުނެއެވެ. އޭގެ ބަދަލުގައި އެކި ބާވަތްތަކުގެ އެކި ކުލައިގެ ތަރުކާރީ ކޮންމެދުވަހެއްގެ ޑައިޓްގައިވެސް ގިނައިން ހިމެނުމަކީ މުހިއްމުކަމެއްކަމުގައި ލަފާދެމުން ބުނެފައިވަނީ ފިނި މޫސުމާއި ހޫނު މޫސުމުގައިވެސް ކެއުމުގައި އެންމެ ގިނައިން ބޭނުންކުރަނީ އެކި ވައްތަރުގެ ތަރުކާރީކަމުގައެވެ. މިއީ ސިއްހަތަށް ވަރަށް ބޭނުންތެރި ރަނގަޅު ހެޔޮ ބަދަލުތަކެއް އުމުރުންދުވަސްވަމުންދާ ވަރަކަށް އަންނަ ކަމެއްކަމުގައި އޭނާ ބުނެއެވެ.
އޭނާގެ ޕްރޮގްރާމް ކުރިއަށް ގެންދާ ގޮތާ ބެހޭ ގޮތުން އިތުރަށް ބުނީ ހިނިތުންވެ ހުރުމާއި ރަނގަޅު މޫޑެއްގައި ހުރުމަކީވެސް ޒުވާންކަން ދެމެހެއްޓުމަށާއި ޚާއްސަކޮށް މޫނުގައި ރޫޖެހުން ލަސްކުރުމަށް ބޭނުންތެރިކަމެއް ކަމުގައެވެ.
މޫނުދޮވުމާއި ފޭސްމާސްކް އެއީ އޭނާއެކޭ އެއްފަދައިން ގިނަ ޖަޕަނީޒް އަންހެންކުދިން ޒުވާންކޮށް އަދި ރީތިކޮށް ހުންނަ ބޮޑު ސިއްރުކަމަށް އޭނާ ބުނެއެވެ.
ފޭސް މާސްކް ހެދުމަށް ބޭނުންވަނީ
3 މޭޒުމަތީސަމުސާ ހަނޑޫ
1 މޭޒުމަތީސަމުސާ މާމުއި
1މޭޒުމަތީސަމުސާ ކިރު
ތައްޔާރުކުރާ ގޮތް
ބަތްކައްކާގޮތަށް ހަނޑޫ ކެކުމުން ހޫނު ކިރާ މާމުޔާ ތިން ބާވަތް ރަނގަޅަށް އެއްކޮށްލާށެވެ.
މޫނު ސާފުކޮށްލާފައި މި ފޭސްމާސްކް އަޅާށެވެ. ހިކުމުން ހަނޑޫ ފެނުން މޫނު ދޮންނާށެވެ.
ހަނޑޫފެނުން ކުރާ ފައިދާތަކުގެ ތެރޭގައި
މޫނުގެ މަސްތައް ވާންކޮށްދިނުމާ މޫނުގެ ލޭގެ ސަރކިއުލޭޝަން ރަގަޅުކޮށްދިނުމުގެ އިތުރުން މޫނު މަޑުކޮށްދީ ކުދި ރޫތައް ފިލުމަށް އެހީވެދޭނެއެވެ. އަދި މޫނުގެ ހަންގަނޑަށް ލިބިފައިވާ ގެއްލުންތައް ރަނގަޅު ކޮށްދިނުމާއެކު މަރުވަމުން އަންނަ ހަންކޮޅުތަކުގެ ބަދަލުގައި އާ ހަން އުފެއްދައިދޭނެއެވެ.
ރަނގަޅު ނަތީޖާ ނުކުންނާނީ ހަފްތާއަކު އެއްފަހަރު މި ގޮތަށް ކަންތައް ކުރުމުންނެވެ.