ބޮޑެތި އިނާމު ތަކަކާއެކު ފަސްމުގޫ ރޯދަސޭލް ފަށައިފި

DSCN5509.jpg

އޭދަފުށީ ފަސްމުގޫ ފިހާރަ : ފޮޓޯ : އީވީ

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ބޮޑެތި އިނާމު ތަކެއް ކަނޑައެޅިފައިވާ “ފަސްމުގޫ ރޯދަ ސޭލް ” ފަށައިފިއެވެ.

ޖޫން 30އާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސޭލްގައި ފަސްމުގޫ ފިހާރައާއި ފަސްމުގޫ ބިލްޑް ވެއަރ އިން ވިއްކަމުން ގެންދާ ހުރިހާ މުދަލަކުންވެސް ޑިސްކައުންޓް ލިބެއެވެ. އެގޮތުން 10 އިންސައްތައިން ފެށިގެން 50 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭ މި ސޭލް އަށް މިހާރުވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ފަސްމުގޫ ގްރޫޕްުން މައުމޫމާތުދެއްވައެވެ.

ފަސްމުގޫ ގްރޫޕުން، ރޯދަސޭލް އާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ މަސްމުގޫގެ ވިޔަފާރީގެ މަގްސަދަކީ ބޮޑުއަގުގައި ތަކެތި ވިއްކައިގެން ބޮޑު ފައިދާ އެއް ހޯދުން ނޫންކަމަށާ އާދައިގެ ގޮތެއްގައިވެސް ފަސްމުގޫ ވެގެންދާނީ ދިރި އުޅުމަށް ބޭނުންވާ ހުރިހާ އެއްޗެއްހެން އެއްތަނަކުން އަގު ހެޔޮކޮށް ގަންނަން ލިބޭ ފިހާރައެއްގެ ގޮތުގައި ކަމުގައެވެ.

އަދި މިސޭލްއިންވެސް ރޯދައަށް ބޭނުންވާ ގެވެހި ކަންވާރުގެ އިރުތުން އެހެނިހެން މުދާވެސް ހިނިއައިސްފަ “ހުރެގެން ހުރެ ގަނެވޭ ފެންވަރަށް ” އަގުތައް ހުންނާނީ ތިރިވެފައިކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ފަސްމުގޫ ފިހާރާއާއި ފަސްމުގޫ ބިލްޑްވެއަރއިން ކުރާ ކޮންމެ 200 ރު.ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެކަމަށާއި ކޫޕަން ގުރުއަތުން ނެގޭ 10 ނަންބަރަކަށް ކަނޑައެޅިފައިވާ އިނާމުތައް ވެސް ފަސްމުގޫ ފިހާރައިގާ ހުރި ޕޯސްޓަރެއްގައި އެންމެންނަށް ފެންނާނޭ ގޮތަށް ބަހައްޓާފައި ހުންނާނެކަމަށް ވިދާޅުވިއެވެ.

ފަސްމުގޫ ފިހާރައިން ވަނީ މިދިޔަ އަހަރުވެސް ރޯދަ ސޭލް ބާއްވައި ކޫޕަންއިން ހޮވުނު 10 ފަރާތަށް އަގުބޮޑު އިނާމުތަކެއްވެސް ދީފައެވެ.

ފަސްމުގޫ ގްރޫޕުން ހިންގާ ފަސްމުގޫ ފިހާރައާއި ފަސްމުގޫ ބިލްޑްވެއަރއަކީ ބ.އަތޮޅުގައި އެންމެ ފުޅާ ކޮށް ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ހިންގާ ދެ ތަނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top