މިނިވަން ޗެންޕިއަންޝިޕް ޒޯން 3 ޗެންޕިއަންކަން ވިދިވިދިގެން 3 ވަނަފަހަރަށް އޭދަފުށީޓީމުން ހޯދައިފިއެވެ.
މިއަހަރުގެ ޗެންޕިއަންކަން އޭދަފުށި ހޯދީ މިއަދު ޅ އޮޅުވެލިފުށީގައި އެރަށު ޓީމާ ދެކޮޅަށް ކުޅުނު ފައިނަލްމެޗް 3-1ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މެޗްގެ ލަނޑުތައް އޭދަފުއްޓަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މަޖިއްޓޭ އާއި، އަބަދަށްފެހި ފޯވާޑް ސައްޓުއެވެ. ސައްޓު 2 ލަނޑު ކާމިޔާބުކުރިއެވެ. އޮޅުވެލިފުށީގައި ކުޅުނު މިއަދުގެ މެޗް ބެލުމަށް އޭދަފުށިން 350 އަށްވުރެ ގިނަ ސަޕޯޓަރުން އެރަށަށް ދިޔައެވެ.
އޭދަފުށީ ފުޓްބޯޅަޓީމް ޗެންޕިއަން ޝީލްޑާއެކު މިރޭ 8 ޖަހާކަން ހާއިރު ވަނީ އޭދަފުއްޓަށް އައިސްފައެވެ. އޭދަފުއްޓަށް ޓީމު އައިއިރު ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ރަތްދޫއިން ޓީމަށް ވަނީ ހޫނުގަދަމަރުހާބާއެއްވެސް ކިޔާފައެވެ.
ޒޯން ޗެންޕިއަންކަމާއެކު އޭދަފުއްޓަށް މި ވަނީ މިނިވަން ޗެމްޕިއަންޝިޕުގެ ފައިނަލް ބުރުން ފުރުސަތު ލިބިފަ އެވެ. ފައިނަލް ބުރުގައި ވާދަކުރާނީ އަށް ޒޯނުގެ އަށް ޗެމްޕިއަނުންނެވެ. އެ ބުރުގެ ގަދަ ހަތަރު ޓީމަށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެ އެވެ. ފައިނަލް ބުރުގެ މެޗުތައް ކުޅޭނީ މާލޭގަ އެވެ.