ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ހިންގި މާސްޓަރ އޮފް ޝަރީއާ އެންޑް ލޯ އިން ނާއި މާސްޓަރ އޮފް ދިވެހި ލޭންގއޭޖެ އެންޑް ކަލްޗަރ އިން ބ. އަތޮޅުގެ ތިން ދަރިން މާސްޓަރ ނަންގަވައިފިއެވެ.
ޝަރީއާ އެންޑް ލޯ އިން މާސްޓަރ ނަންގަވާފައިވަނީ ބ. މާޅޮހު ޖަވާހިރުމާގޭ ރުޝްދުﷲ އިބްރާހީމްއެވެ. ދިވެހި ލޭންގްއޭޖް އެންޑް ކަލްޗަރއިން މާސްޓަރ ނަންގަވާފައިވަނީ އޭދަފުށީ ޖަވާހިރުމާގޭ މަމްދޫހާ އަބްދުﷲ އާއި މޫމިޔާގޭ ފައުޒިއްޔާ ހުސޭން އެވެ.
މާސްޓަރ ކަމުގެ ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރޭ ދަރުބާރުގޭގައި އޮތް ރަސްމިއްޔާތެއްގައި ރައީސްއޮފީހުގެ މިނިސްޓަރ އަލްއުސްތާޒާ އާއިޝަތު އާޒިމާ ޝުކޫރުއެވެ.
މި ތިން ބޭފުޅުންނަށް އީވީގެ ފަރާތުން މަރްހަބާއާއި ތަހުނިޔާ ރައްދު ކުރަމެވެ.