ފަސްމުގޫ ގްރޫޕުން ހާޑްވެއަރ ދާއިރާއަށް؟!

77.jpg

ބ. އަތޮޅުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އޭދަފުށީ “ފަސްމުގޫ ގްރޫޕުން” ގެދޮރު އިމާރާތްކުރުމާބެހޭ ސާމާނުވިއްކާ ބިޔަ ފިހާރައެއް ހުޅުވައިފިއެވެ.

އޭދަފުށީ ފޭލި ޖަމްއިއްޔާގެ ގޯތީގައި މިއަދު ހުޅުވި މިފިހާރައިގައި،
އިމާރާތްކުރުމަށްބޭނުންވާ ހުރިހާ ސާމާނެއްގެ އިތުރުން، ކަރަންޓް ވައިރިންނާ، އިންޓީރިއަރ ފަރުނީޗަރާއި، ހައުސް ހޯލްޑިންގ މެޝިނަރީޒްތައްވެސް ލިބެން ހުންނާނެކަމަށް ފަސްމުގޫ ގްރޫޕުން ބުނެއެވެ. ފަސްމުގޫ ގްރޫޕްގެ ސޭލްސް އެންޑް މާކެޓިންގް ޑިރެކްޓަރ އިސްމާއީލް ޝަހީމް އީވީއަށް ވިދާޅުވީ މިފިހާރައިގެ ސަބަބުން ބ. އަތޮޅުގެ ރައްޔިތުންނަށް ވަރަށްބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނޭކަމަށާ، ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އެދިލައްވާ ކަމަށެވެ.

“މިއީ ހަމައެކަނި ފިހާރައެއް ހުޅުވުވުގެ ގޮތުން އަޅުގަނޑުމެން ކުރިކަމެއް ނޫން. މިފިހާރައިން ގެދޮރު އިމާރާތްކުރުމާއި، އިމާރާތް މުޅިން ނިންމާ، ގެއަށް ވަނުމާހަމައަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބޭނެ. ތަފާތަކަށް ފެންނާނީ މާލެއަށްވުރެ އަގު ހެޔޮވުން. މާބޮޑަށް އަގުހެޔޮމުދާވެސް ހުންނާނެ. އެއީ އަޅުގަނޑުމެންނަކީ ގިނަ މުދާ ބޭރުން މުދާ އެތެރެކޮށްގެން ވިޔަފާރިކުރާ ބަޔަކަށް ވާތީ އެ ފުރުސަތު އަޅުގަނޑުމެންނަށް އޮތީމާ. ” އިސްމާއީލް ތަފްސީލް ކޮށްދެއްވިއެވެ.

އިސްމާއީލް ވިދާޅުވީ ބަނދަރުމަތީގައި ފިހާރަ ހުޅުވަން ނިންމީ އަތޮޅުގެ ރައްޔިތުންނަށް އެންމެ ބޭނުންވާ ލޮކޭޝަން އަކީ މިއީ ކަމަށްވާތީއެވެ. އޭނާ ވިދާޅުވީ މިފިހާރައިގެ ސަބަބުން އޭދަފުށީގެ ކުދި ވިޔަފާރިތަކަށް ގެއްލުމެއް ނެތްކަމަށެވެ.

“އަޅުގަނޑުމެންނަކީ އެއްވެސް ބަޔަކާ ޖެއްސުމަށް މިކަން ކުރާބައެއް ނޫން. އެހެންމީހުންނަށްވެސް ވިޔަފާރިކުރެވޭ ގޮތަށް އަޅުގަނޑުމެންގެ އަގުތައް ހުންނާނީ. މުދާ އިމްޕޯތްކޮށްގެން ވިއްކި ނަމަވެސް އަގުތައް މެއިންޓެއިން ކުރެވޭނީ ކުދިވިޔަފާރިތަކަށް ގެއްލުން ނުވާހެން”

ފަސްމުގޫ ގްރޫޕުން އޭދަފުށީގައި ގެދޮރު އިމާރާތްކުރުމާބެހޭ ސާމާނު ވިއްކާ ފިހާރައެއް ހުޅުވިއިރު، އެގްރޫޕުން ދަނީ އާންމު މުދާ ވިއްކާ ބޮޑުފިހާރައެއްވެސް އޭދަފުށީގައި ހިންގަމުންނެވެ. ފަސްމުގޫން ބުނީ އެ ގްރޫޕްގެ އަމާޒަކީ ބ. އަތޮޅުގެ ރައްޔިތުންނަށް އެންމެ އަގުހެޔޮކޮށް ކޮލިޓީ މުދާ ފޯރުކޮށްދިނުންކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top