ގިނަ މީހުންނަށް ހީވެފައި އޮންނަނީ މުއްދަތު ހަމަވަނީ ހަމައެކަނި ކާތަކެތީގައި ކަމަށެވެ. ނުވަތަ މުއްދަތު ހަމަވާ ތާރީޚް ބަލަންޖެހެނީ ހަމައެކަނި ކެއުމަށާއި ކެއްކުމަށް ބޭނުންކުރާ އެއްޗެތީގައި ކަމަށެވެ. މިއީ ކުށް ހީއެކެވެ. ކާބޯ ތަކެއްޗާ އެއްފަދައިން ދިރިއުޅުމަށް ބޭނުންކުރާ އެހެނިހެން ތަކެތީގައިވެސް މުއްދަތު ހަމަވާ ތާރީޚެއް އޮންނާނެއެވެ. އެތާރީޚްގެ ފަހުން އެފަދަ ތަކެތި ބޭނުންކުރުމުން މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ބޭނުންކުރުމުން ސިއްހަތަށް ގެއްލުންވާފަދައިން ގެއްލުންވާނެއެވެ.
ބޭނުންކުރާ ތުވާލި ، ފައިވާން، އިށީންނަ ގޮޑީގެ ކަވަރުފަދަ ތަކެތި ވެސް ބޭނުންކުރަން ވަކި މުއްދަތެއް ކަނޑައެޅިފައި އޮވެއެވެ. އެތާރީޚްގެ ފަހުން ބޭނުންކުރާނަމަ ހަށިގަނޑަށް އެކަމުގެ ނުބައި އަސަރު ކުރާނެއެވެ.
ނިދާ ކޮޓަރި
ބާލީސް : 2-3 އަހަރު
ކޮންމެ ރެއަކުވެސް ބޯދަށަށް ލައިގެން ނިދަން ގެންގުޅޭ ބާލީހާމެދު ވިސްނާލިން ހެއްޔެވެ؟ ރޭގަނޑު ހަތަރުދަމު އޭގަައި ހިފާ ދަމާ ބައްދާ ބައެއް ފަހަރު ކައިރިކޮށް ދުރުކޮށް ހަދަނީ ތިމާ ބޭނުންވާ އަރާމު ލިބޭގޮތަށް އެބާލީސް ފިޓު ކުރެވޭތޯއެވެ. މިގޮތަށް އަމަލު ކުރުމުން ދުވަސްކޮޅަކުން ބާލީހުގެ ޝޭޕް ގެއްލި ކަނދުރާއަށް ސަޕޯޓަކަށް ނުވެ ހިނގައިދެއެވެ. ނަތީޖާއަކަށް ވަނީ ކަނދުރާ ގައި ރިއްސަން ފެށުމެވެ. ހަމަ މިއާއެކު ގޭތެރެގައި ހުންނަ ހިރަފުހާ އެކުވެ ސިއްހަތަަށް އެކަމުގެ ނުބައި އަސަރު ފޯރަންފަށައެވެ.
މީގެ އިތުރުން އެގޮތަށްދަމާ ހިފާ އޮޅުލާ ހަދާ ބާލީހުގައި ހަށިގަނޑުން ބޭރުވާ ފަންގަސް އިންފެކްޝަން ހުންނާނެއެވެ. ހަނދާން ބަހައްޓަންވީ ބާލީހަކީވެސް ދޮންނަންޖެހޭ އެއްޗެއް ކަމަާއި ދޭތެރެ ދޭތެރއިން ދޮވުމަށެވެ. މެޝިނުން ދޮވެވޭނަމަ މެޝިނުންނެވެ. އެހެންނޫންނަމަ އަތުންނެވެ.
ފައިވާން : 6މަސްދުވަސް
ދުވަސް ކޮޅަކު ބޭނުންކުރުމަށްފަހު ފައިވާން ނުވަތަ ހައިހީލް އާމެދު ހިތްހަމަނުޖެހޭގޮތް މެދުވެރިވޭ ދޯއެވެ. ޚާއްސަކޮށް ފައިވާނެވެ. މިއީވެސް މާހައުލުގައި ހުންނަ ފަންގަލް އިންފެކްޝަން އުފެދުމުން ދިމާވާ ގޮތެކެވެ. ހަނދާން ބަހައްޓަންވީ ފައިވާންވެސް ދޭތެރެ ދޭތެރެއިން ދޮންނަންޖޭހޭނެކަމެވެ.
ފާހާނާ
ބާތުސްޕޮންޖް : 2 ހަފްތާ
ގައި އުނގުޅާ ނައިލޯނު މާ : 6 މަސްދުވަސް
ފާޚާނާއަކީ އެންމެ ރައްކާތެރިކަމާއެކު ސާފުތާހިރުކޮށް ގެންގުޅެންޖެހޭ ތަނެވެ. އެއީ ބެކްޓީރިއާ އުފައްދާ ހާއްޔެއް ފަދަ ތަނެކެވެ. އެހެންވީމާ ސާފުކޮށް ފާޚާނާ ގެންގުޅުމަކީ ބަލިތަކުން ދިފާއުވުމަށްވެސް ކުރެވޭ ކަމެކެވެ. ގައި އުނގުޅަން ދެންގުޅޭ ނައިލޯވު ވާ ވެސް ދޭތެރެއަކުން ހޫނު ފެނުން ދޮންނަން ޖެހެއެވެ.
ތުވާލި : 1-3 އަހަރު
ތުވާއްޔަކީ ބެކްޓީރިއާ އުފެދި ބޮޑުވަމުން ދާ އެއްޗެކެވެ. ތުވާލީގެ ބޭނުން ކުރުމަށް ފަހު ތެތްކޮށް ހުއްޓާ ހަރުގަނޑުގައި އަޅުވާލުމަކީ ބައެއް މީހުންގެ އާދައެކެވެ. އެހެން ހުރެގެން އޭތި ހިކޭނީ ކޮޓަރިތެރޭގައެވެ. ބައެއް ފަހަރު ނުހިކެނީސް ބޭބުން ކުރަން ފެށުމުން ނުބައި ވަސް ދުވަން ފަށައެވެ. މިގޮތަށް ކަންތައް ކުރުމުން އޭގައި ބެކްޓީއާ އެފެދި ބޮޑުވަމުން ދެއެވެ. އޭގެ ބަދަލުގައި ކޮންމެ ދުވަހަކުވެސް ކޮޓަރިން ބޭރަށްނެރެ އަވިން ހިއްކުމަކީ އެދެވިގެންވާ ގޮތެވެ. ހަމައެއާއެކު ތުވާއްޔަކީ އަވަސް އަވަހަށް ބަދަލުކުރަން ޖެހޭ އެއްޗެއްކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ.
ދަތް އުނގުޅާ ބުރުސް : 3މަސް
ދަތްއުނގުޅާ ބުރުހުގައި ހުންނަ ބުރުހުގެ ނަރުތައް ގުދުވެ އޭގެ ސިފަ ގެއްލެންދެން ބޭނުންކުރުމަކީ ހިރުގަނޑަށް ވަރަށްގެއްލުން ހުރި ކަމެކެވެ. ބައެއްފަހަރު ހުންއައުމާ ހީކެރުވުންވެސް މެދުވެރިވާ ކަމެކެވެ.
ބޮލުގައި އަޅާ ބުރުސް : 1 އަހަރު
ބޮލުގައި އަޅާބުރުސް ހަފްތާއަކު އެއްފަހަރު ސާފުކުރަންވާނެއެވެ. އަދި އަހަރަކު އެއްފަހަރު އާބުރުހަކަށް ބަދަލުކުރަންވެސް ވާނެއެވެ.
ސެންޓް ، ކޯލާޓަރު :1-3 އަހަރު
ސެންޓު އުފެއްދުމުގައި މައިގަނޑު އެއްޗަކަށް ބޭނުންކުރަނީ އޭގެ ތެލެވެ. އެތެލުގެ މުއްދަތަކީ ތިން އަހަރު ދުވަހެވެ. ސެންޓްފުޅީގެ ބޭނުންކުރަން ފެށުމަށް ފަހު އޭގެ މުއްދަތަކީ 2 އަހަރު ދުވަހެވެ. ކޯލާޓަރު ފުޅިވެސް ބޭނުންކުރަން ފަށައިފިނަމަ ދެއަހަރުވުމުން މުއްދަތު ހަމަވީއެވެ. އެކަމަކު ބޭނުން ނުކުރާނަމަ 4 އަހަރުދުވަސް ވަންދެންވެސް ބެހެއްޓިދާނެއެވެ.
ބްރެޝިއަރ
ބްރާ ބޭނުންކުރަން ފެށުމާއެކު ދުވަސްކޮޅެއްގެ ފަހުން އޭގެ ސިފައަށް ނުވަތް ޝޭޕަށް ބަދަލު އައިސް ބެންޑް ވާގޮތް މެދުވެރިވެއެވެ. ހަމައެއާއެކު ލޫސް ވެއެވެ. ދިގު މުއްދަތެއްގައއި ބޭނުންކުރާނަމަ ބްރާ އެޅުމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުލިބޭ ގޮތް ވެސް ވެއެވެ. ރަނގަޅު ގޮތަކީ އާއެއްޗެއް ހޯދުމެވެ.
ޖޮގިން ނުވަތަ ކަސްރަތު ކުރާ ބޫޓު :1އަހަރުދުވަސް
ގަވާއިދުން ކޮންމެ ދުވަހަކު ދުވަން ނުވަތަ ކަސްރަތު ކުރަން ނުދެވި ހިނގައިދާނެއެވެ. އެހެންނަމަވެސް އަންދާޒާ ކުރާނަމަ 200-300 މޭލަށް އެ ބޫޓު ނުވަތަ ޓެނިހުގައި ހިނގޭއިރު ބޫޓުގެ ކުސަން ތައް ހުންނާނީ ބާވެފައެވެ. އެހެންކަމުން ފައިތިލައަށް ލިބެންވާ ފުރިހަމަ ސަޕޯޓެއް ނުލިބޭނެއެވެ. މިކަމުގެ ސަބަބުން ހުޅުތަކަށް ބާރު ބޮޑުވާގޮތް ވެދާނެއެވެ.