ސަލާމްލެއްވި އިސާގެފާނުގެ އީދުމީލާދީއާ ގުޅުވައިގެން ޔަހޫދީން ފާހަގަކުރަމުން އަންނަ ކްރިސްމަސް އަކީ މުސްލިމުންނާ އެއްވެސް ގޮތަކުން ގުޅުމެއް ހުރި ކަމެއް ނޫނެވެ. އަދި އެދުވަސް ފާހަގަކުރުމާއި އެކަމުގައި ބައިވެރިވުމަކީވެސް ހުއްދެވެގެންވާ ކަމެއް ނޫންކަމަށް އިސްލާމް ދީން އަންގަވާފައިވެއެވެ.
އިސްލާމްދީނުގައި އީދުގެ ގޮތުގައި ފާހަގަކުރުމަށް ދުވަސްތަކެއް ކަނޑައެޅިފައިވާ އިރު ޔަހޫދީންނާއި ނަސާރާއިން ފާހަގަކުރާ މިފަދަ ދުވަސްތަކުގައި ބައިވެރި ކުރުވުމަކީ ޔަހޫދީ އެޖެންޑާގައި ހިމެނިފައިވާ ކަމަކަށް ވާއިރު މިކަމަށް ސަމާލު ވުން ހުއްޓެވެ.
އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ މުސްލިމުން ފާހަގަކުރާ އެއްވެސް އީދެއް މުސްލިމުން ނޫން އެއްވެސް ބަޔަކު ފާހަގަނުކުރާ އިރު އެމީހުންގެ އީދުގައި މުސްލިމުން ބައިވެރިވަނީ ކީއްވެގެންތޯއެވެ. ހަގީގަތަށް ބަލާއިރު ޔަހޫދީންގެ އީދު ފާހަގަކުރުމުގައި މުސްލިމުން ބައިވެރިވުމަކީ ލަދުވެތި އަދި ދީނާ ނުޚާލިފް އަމަލަކަށް ވާއިރު މިއީ ރޭވިގެން މުސްލިމުގެ ދީން ބަލިކަށި ކޮށްލުމުގެ ނިޔަތުގައި ރާވަމުން ގެންދާ ނުރައްކާ ތެރި ރޭވުމެކެވެ.
އެހެންނަމަވެސް ހަގީގަތަކީ ބައެއް މުސްލިމުންމިއަދުވަނީ މިފަދަ މަޅިތަކުގައި ޖެހިފައެވެ. ކުރިސްމަސް ފާހަގަކުރުމާއި ލޯބިވެރިންގެ ދުވަސް ފާހަގަކުރުމާއި އަދިވެސް ބާޠިލު ޢީދުތައް ފާހަގަކުރުމުގަޔާއި ދުނިޔަވީ އެތައްކަމެއްގައި ރޯލު މޮޑެލުންނަކީ ނަޞާރާއިންނާއި ޔަހޫދީން ކަމުގައި ބަލަންވަނީ ފަށާފައެވެ. ފޭސްބުކް ޓުވިޓަރ ފަދަ ސޯޝަލް ނެޓްވޯރކްތަކުން މިމަންޒަރު ފެންނަލެއް ގިނައެވެ. އެއްބަޔަކު އަނެއްބަޔަކަށް ތަހުނިޔާކިޔާ އަދި އެބައިމީހުންގެ ޢީދުގައި ބޭނުންކުރާ ޝިޢާރުތައް ހިމެނޭ ފޮޓޯތަކާއި މަންޒަރުތައް ޝެއަރ ކުރަމުންދަނީ ވިސްނާލުމެއްނެތިއެވެ. އަދި ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުންވެސް ކުރިމަސްފަދަ ދުވަސްތައް ފާހަގަކުރަނީ އެބައިމީހުންގެ ޢީދެއްފަދައިންނެވެ. މިއީ ހިތާމަ ހުރި ދެރަކަމެކެވެ. އަޅުގަނޑުމެން އުޅެން ޖެހޭނީ އަޅުގަނޑުމެންގެ ދީނުގައި އަންގަވާފައިވާ ގޮތަށެވެ.