ގްރޫޕް ބީގެ އެއްވަނަ ގޮއިދޫއަށް

DSCN2850.jpg

ބ.އަތޮޅު ފުޓްބޯޅަ ޗެލެންޖްގެ މިދިޔަ އަހަރުގެ ޗެމްޕިއަން ފެހެންދޫ ބަލި ކުރުމަށް ފަހު ގްރޫޕްބީގެ އެއްވަނަ ޓީމަކަށް ގޮއިދޫ ހޮވިއްޖެއެވެ.

ގްރޫޕް ބީގެ އެއްވަނަ ޓީމެއްގެ ގޮތުގައި ގޮއިދޫ ހޮވިފައިވަނީ އޭދަފުށީ ފުޓްބޯޅަ ދަނޑުގައި މިއަދު ފެހެންދުއާ ވާދަކޮށްގެން ކުޅެވުނު މެޗުން 2-0ގެ ތަފާތުން މޮޅުވުމުންނެވެ.

dscn2866

ދެ އަވައްޓެރިން ކަމުގައިވާ ގޮއިދޫ އާއި ފެހެންދޫގެ މިއަދުގެ މެޗަކީ ވަރަށް ވާދަވެރި އަދި ބައެއް ވަގުތު މެޗުގެ ހޫނުމިން ދާންވާ ވަރަށް ވުރެ މައްޗަށް ދިޔަ މެޗެއްކަން ފާހަގަ ކުރެވުނެވެ. މެޗުގައި ތިން ރީދޫކާޑު ގޮއިދޫ ތިންކުޅުންތެރިންނަށް ދެއްކުމުގެ އިތުރުން ފުރަތަމަ ރަތްކާޑު ފެހެންދޫގެ ކުޅުންތެރިއަކަށް ދައްކަން ޖެހުން އެއީ މީގެ ހެއްކެކެވެ.

dscn2852

ފެހެންދޫޓީމުގެ މުހައްމަދު ނިރާޝް އަށް ރަތްކާޑު ދައްކާފައިވަނީ ރެފްރީއާ ދިމާލަށް ވެލި އުކުމުގެ ސަބަބުންނެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް އޭ ގެ އެއްވަނަ އޭދަފުށްޓާއި ގްރޫޕް ބީގެ ދެވަނަ ފެހެންދޫއެވެ. އާދިއްތަ ދުވަހު އޮންނަ ސެމީ ފައިނަލުގެ ދެވަނަ މެޗްގައި ގްރޫޕް ބީ ގެ އެއްވަނަ ގޮއިދޫ ނިކުންނާނީ ގްރޫޕް އޭ ގެ ދެވަނަ ޓީމް ކިހާދޫ އާދެކޮޅަށެވެ.  މެޗް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 3:45ގައެވެ.

 

ް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top