ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބަޖެެެޓުގައި ޕީއެސްއައިޕީގެ ދަށުން އޭދަފުށީގައި އަންނަ އަހަރު 100 ހައުސިންގ އެޅުމަށް ވަނީ ހިމަނާފައެވެ.
އޭދަފުށީގެ ބިމަށް އިތުރުކުރެވިފައިވާ 22 ހެކްޓަރުގެ ބިން ބޭނުންކުރާނޭ ޕްލޭނެއް މިހާރު އެކުލަވާލާފައިވާ އިރު ހައުސިންގ ޔުނިޓުތަކެއް އެޅުމަކީ އޭދަފުށީ މީހުން ކުރަމުން އަންނަ އުއްމީދެކެވެ.
އޭދަފުށީގައި 100 ހައުސިންގ ޔުނިޓް އެޅުމަށް އަންނަ އަހަރު ބަޖެޓްގައި ހިމަނާފައިވާ އިރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ހަތްރަށެއްގައި ހައުސިންގ ޔުނިޓް އެޅުމަށް ޖުމްލަ 50 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައި ވެއެވެ.