ޝައިޚް އަލީ ޒާހިރުގެ ވަރަށް ޚާއްޞަ ދަރުސްތަކެއް އޭދަފުށީގައި

Qaumee-Rooh-Jalsaa-sheikh-ali-zahir-650x420.jpg

އައްޝައިޚް ޢަލީ ޒާހިރު

 މަޝްހޫރު ދީނީ އިލްމްވެރިޔާ އައްްޝައިޚް އަލީ ޒާހިރުގެ ވަރަށް ހާއްސަ ދަރުސްތަކެއް އަންނަ ހުކުރުދުވަހާއި އެދުވަހުގެ ރޭ އޭދަފުށީގައި ބޭއްވުމަށް ބ އަތޮޅު ތައުލީމީ މަރުކަޒުގެ ޕޭރަންޓް ޓީޗަރސް އެސޯސިއޭޝަން (ޕީޓީއޭ) އިން ތައްޔާރު ވަމުންއެބަދެއެެވެ.

ޕީޓީއޭގެ ކޯޑިނޭޓަރ އަލީ އިމާދު އޭދަފުށީ ވޮއިސްއަށް ދަރުސާއިބެހޭ މައުލޫމާތު ދެއްވަމުން ވިދާޅުވީ ޝެޑިއުލް ރޭވިފައިވާ ގޮތުން ހުކުރު ދުވަހު އޭދަފުށީގެ ހުކުރު މިސްކިތުގައި އިމާމްވެ ހުކުރުނަމާދު ކުރައްވާނީ ޝައިހް އަލީ ޒާހިރުކަމަށާއި އަސުރު ނަމާދަށް ފަހު ހުކުރު މިސްކިތުގައި ފިރިހެން ބޭފުޅުންނަށް ޚާއްސަކޮށްގެން ދަރުސްއެއް އޮންނާނެއެވެ.

މީގެ އިތުރުން ހުކުރު ދުވަހުގެ ރޭ ބ.އަތޮޅު ތައުލީމީ މަރުކަޒުގައި އަންހެން ބެލެނިވެރިންނަށް އަމާޒު ކޮއްގެން ވަރަށް ޚާއްސަ ދަރުސެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އަލީ އިމާދު ވިދާޅުވިއެވެ. އެ ދަރުސަކީ އާއްމުކޮށް ހުޅުވާލައިގެން ބޭއްވޭ ދަރުސަކަށް ވާތީ އެހެން މުވައްސަސާތަކުގައި މަސައްކަތް ކުރައްވާ އަންހެން ބޭފުޅުންގެ އިތުރުން އާއްމު އަންހެން ބޭފުޅުންވެސް ދަރުސްގައި ބައިވެރި ވުމަކީ ޕީ ޓީ އޭގެ ވަރަށް ބޮޑުއެދުމެކެވެ.

” ޕީޓީއޭ އިން މިދަނީ މިދަރުސްތައް ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދިއުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން. ޕީޓީއޭގެ އަމާޒަކީ މިދަރުސަކީ މިހާތަނަށް އެންމެގިނަ ބެލެނިވެރިން ބައިވެރިވާ ދަރުސް ކަމުގައި ހެދުން. ” އަލީ އިމާދު ވިދާޅުވިއެވެ.

މިދަރުސްތައް އިންތިޒާމު ކޮށްފައިވަނީ ޖަމުއްޔަތުލް އަޚަވާތާއި ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ ގުޅިގެންނެވެ. މިކަމުގައި އޭދަފުށީޒުވާނުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަކަމަށް ޕީޓީއޭއިން މައުލޫމާތު ދެއްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top