އެމްޕީ ސަލީމް ވިދާޅުވަނީ ޕީޕީއެމް ޕީޖީ ގްރޫޕް ރައްޔިތުންގެ ކިބައިން މާފަށް އެދެން ޖެހިފައިވާކަމަށް !

DSCN0611.jpg

އެމްޕީ ސަލީމް.،އޭދަފުށީގެ ބައެއް ރައްޔިތުންނާއެކު. ފޮޓޯ : އޭދަފުށި ވޮއިސް

ސަރުކާރުން ކުރާ ހުރިހާ ނޭދެވޭ ކަމެއްގެ ޒިންމާ އޭނާވެސް ހިމެނޭ ގޮތަށް ޕީޕީއެމް ޕީޖީ ގްރޫޕް ނަންގަވަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމު ވިދާޅުވެއްޖެއެވެ. ސަބަބެއްކަމުގައި އޭނާ ވިދާޅުވީ ސަރުކާރުން ބުނާ ހުރިހާ ކަމެއް ބުނާހައި ގޮތަކަށް ކުރުމަށް ދޫދެއްވާތީއެވެ.

ކާޑުގެ ބާވަތްތަކުގެ އަގު 100 އިންސައްތަ ބޮޑުކުރުމުގެ ސަބަބުން މުޅި ރާއްޖޭގެ ރައްޔިތުން އިންތިހާއަށް ކަންބޮޑުވެ ދެރަވެފައިވާ މި ދަނޑިވަޅުގައި “މިހާރު” އާ ވާހަކަދައްކަވަމުން  ސަލީމް ވިދާޅުވީ ކާޑުގެ އަގުތައް ބޮޑުކުރުމުން، ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް ހުރިއިރު، ކުރީގެ އަގަށް ބަދަލުކުރަން ގޮވާލައްވާ ކަމަށެވެ. ސަލީމް ވިދާޅުވި ގޮތުގައި  ކާޑުގެ އަގު ބޮޑުކުރާ ހިސާބަށް ދިޔައީ، ދައުލަތުގެ ބަޖެޓް ޑެފިސިޓް ބޮޑުވެ، ސަރުކާރުގެ ތެރޭގައި ބޭކާރު ހަރަދުތައް އިންތިހާއަށް މަތިވެގެންކަމުގައެވެ.

“ޚާއްސަކޮށް ސަރުކާރުގެ ކުންފުނިތަކުގެ ތެރޭގައި ހިންގާ ނޭދެވޭ ކަންތައްތަކުގެ ސަބަބުން. ސަރުކާރުގެ ފައިސާ ހަރަދު ކުރުމުގެ ނިޒާމް ގޯސްވެގެން. އެހެންވީމާ އޭސީސީ އާއި އޮޑިޓަ ޖެނެރަލް މިިނިވަންކަމާ އެކު މިކަންކަން ހަމަޔަކަށް އަޅުވަން ޖެހޭ ވަގުތު މިއީ،” ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކާޑުގެ އަގު ބޮޑުކުރަން ޖެހޭނީ ރައްޔިތުންގެ މަޖިލިހުގައި މަޝްވަރާ ކޮށްފައި ކަމަށެވެ. އަދި އެކަން އެހެން ކުރި ނަމަ، ކާޑުގެ އަގު ބޮޑުކުރަން މަޖިލިހުން އެ ފުރުސަތު ސަރުކާރަށް ނުދޭނެ ކަމަށެވެ.

ފަހަކަށް އައިސް ސަލީމް ފާހަގަކުރެވިފައިވަނީ ސަރުކާރުން ހުށަހަޅާ ބައެއް ބިލްތަކާ ދެކޮޅަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރައްވާ މެންބަރެއްގެ ގޮތުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top