ސަރުކާރަށް ފާޑުކިޔަސް ޓީޗަރުންނަށް ފިޔަވަޅެެއް ނާޅާނެ: ޝަފީއު

HWsoHEwbsAAJgQd.jpg

ސަރުކާރަށް ފާޑުކިޔަސް މިހާރު ޓީޗަރުންނަށް ފިޔަވަޅެއް ނާޅާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީޢު ވިދާޅުވެއްޖެ އެވެ.

ސަލްޓަން ޕާކުގައި ރޭ ބޭއްވި “އަހާ” ފޯރަމްގައި ވާހަކަދައްކަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ މި ސަރުކާރުން ޓީޗަރުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާނެކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިދިޔަ ސަރުކާރު ނިމުނުއިރު 100 ވުރެ ގިނަ ޓީޗަރުންނަން މިނިސްޓްރީން އިންޒާރުދީ ބައެއް ޓީޗަރުން ސަސްޕެންޑްކޮށް ހަދާފައިވާކަމަށެވެ.

ޝަފީއު ވިދާޚޅުވީ އެހެންނަމަވެސް މި ސަރުކާރުގައި ޓީޗަރުންނަށް އެއްވެސް ބިރެއް ނޯންނާނެކަށާއި މި ސަރުކާރަށް ފާޑުކިޔަސް ފިޔަވަޅު ނާޅާނެކަމަށެވެ. އަދި މި ސަރުކާރުން ގެންގުޅޭނީ ލޯތްބާއި އޯގާތެރިކަން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

”އެއްވެސް ޓީޗަރަކަށް، އެއީ ހުދު ސަރުކާރަށް ފާޑުކީ ކަމުގައިވިޔަސް އެއްވެސް ޓީޗަރަކަށް ނޯންނާނެ ފިޔަވަޅެއް އަޅާފައެއް،“ ޝަފީއު ވިދާޅުވި އެވެ.

ޓީޗަރުންނަށް އުފާވެރި އެމީހުންގެ މަސައްކަތުގެ އަގުވަޒަންކުރެވޭ މާހައުލެއް މި ސަރުކާރުން ގާއިމުކޮށްދީފައިވާކަމަށް މިނިސްޓަތު ވިދާޅުވި އެވެ. އަދި މިހާރު ޓީޗަރުން މަސައްކަތް ކުރަމުން އެ އަންނަނީ އެއްވެސް ބިރެއް ނުފޫޒެއްނެތި މަސައްކަތްކުރެވޭ މާހައުލެއްކަމަށް މިނިސްޓަރު ޝަފީއުފާހަގަ ކުރެއްވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top