އަޚްލާގާއި ސުލޫކު ހިމެނޭ ގޮތަށް ޤައުމިއްޔަތު މާއްދާއަށް ބަދަލުތަކެއް ގެންނަނީ

DSCN0255.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު---އީވީ ފޮޓޯ

ރިވެތި އަހުލާގާއި ސުލޫކުވެސް ހިމެނޭ ގޮތަށް ރާއްޖޭގެ މަދަރުސާތަކުގައި މިހާރު ކިޔަވައިދެމުން އަންނަ ޤައުމިއްޔަތު މާއްދާއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ރޭ ކުރިއަށްދިޔަ “އަހާ” ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ސަރުކާރުން މަރުޙަލާތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ކީ-ސްޓޭޖް 3 އާ ހަމައަށް މިހާރު މި މާއްދާ ތަޢާރަފުކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މި މާއްދާ ތަޢާރަފުކުރުމަށްފަހު ލިބެމުންދާ މަޢުލޫމާތާއި ތަޖުރިބާއަށް ބިނާކޮށް، އަންނަ އަހަރު މި މާއްދާއަށް ކުދި ބަދަލުތަކެއް ގެނައުމަށް ގަސްތުކުރައްވާ ކަމަށެވެ.

އެގޮތުން ގެންނަ ބަދަލުތަކުގެ ތެރޭގައި، ދިވެހި ކާބަފައިންގެ ތާރީޚާއި، ދިވެހި ޤައުމިއްޔަތުގެ މައިގަނޑު އަސާސްތަކުގެ އިތުރުން، ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ ރިވެތި އަޚްލާޤާއި ސުލޫކީ ސިފަތައް މި މާއްދާގެ ތެރޭގައި ހިމެނުމަށް ނިންމާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޤައުމިއްޔަތު މާއްދާ ރަސްމީކޮށް ކިޔަވައިދޭން ފަށާފައިވަނީ 2024 ވަނަ އަހަރުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top