މިރުސްގަސްތަކަށްޖެހޭ އާއްމު ބަލީގެ ފަރުވާ، ގަމީރާ ހޯދައިފި

big_3hKcMsMYzmnSCNW.jpg

ގަމީރާ : ދަނޑުވެރިކަމުގެ މަސައްކަތުގައި ބ. އަންހެނުންފުށީގައި . ފޮޓޯ : އަވަސް އޮންލައިން

ފުޅާ ދާއިރާއެއްގައި ބ. އަންހެނުންފުށީގައި ދަނޑުވެރިކަން ކުރަމުން ގެންދާ ގަމީރާ ރާއްޖޭގައިހައްދާ މިރުސްގަސްތަކަށް ޖެހޭ އެންމެ އާއްމު ބައްޔަށް ފަރުވާއެއް ހޯދައިފިއެވެ.

ކެމިކަލް ފްރީ މި ފަރުވާއަކީ ގަމީރާ ބުނިގޮތުގައި ހަތްމަސްވަންދެން ތަޖްރިބާކޮށްފައިވާ އޭގެ ނަތީޖާވެސް ވަރަށް ރަނގަޅަށް ފެނިފައިވާ ކަމެއްކަމުގައި “އަވަސް” އޮންލައިން އަށް ދިން ބަސްދީގަތުމެއްގައި ބުނެފައި ވެއެވެ.

ގަމީރާގެ އެ ބަސްދީ ގަތުމުގައި ބުނެފައިވަނީ ރާއްޖޭގައި ހައްދާ މިރުސްގަސްތަކަށް އާއްމުކޮށް ޖެހެނީ ވައިގެ ތެތްކަމުގެ ސަބަބުން ޖެހޭ ބައްޔެއްކަމަށާއި އެބައްޔަށް ކިޔައި އުޅެނީ “ކޮޅުވައްޓާ” ކަމުގައެވެ.

“މި ބަލި ޖެހުމުން ގަސްތަކުގެ ފަތްތައް ގާވެ ގުރުޑުވޭ. އަދި ހުދުދޫނިތަކެއް ގަހުގައި އަޅާ. މިކަމުން ސަލާމަތްވުމަށް ދިވެހި ދަނޑުވެރިން ގަހަށްޖަހަނީ ޓަފުގޯ ކިޔާ ބާރުގަދަ ކެމިކަލެއް . މި ކެމިކަލް ޖެހުމުން ހަފްތާއެއްހާ ދުވަހުން ރަނގަޅުވޭ.” ގަމީރާ ބުންޏެވެ.

ގަމީރާ އަލަށް ކުރި އީޖާދަކީ ގަސްކައިރީގައި އިތުރު ގަސްތަކެއް އިންދުމެވެ. އެއީ ގަނދަކޯޅިއާއި ސަނދުބަރަކައާއި އޮރިގާނޯއެވެ. މި ތިން ވައްތަރުގެ ގަސް އިންދުމުން ބަލި މުޅިން ރަނގަޅުވާ ކަމުގައި ގަމީރާ ބުންޏެވެ. އަދި ބުނީ މިގަސްތައް ހެދެން ފެށުމުން ގަސްކައިރީގައި ވަރަށް މީރުވަހެއް ފެތުރިގެން ދާނެކަމުގައެވެ.

ދަނޑުވެރިކަމުގެ ދާއިރާއިން ގައުމީ އިނާމު ހާސިލްކޮށްފައިވާ ގަމީރާ ބުނީ މިއީ ދަނޑުވެރިކަމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމުގައެވެ.

“މިކަން ހޯދުމުން އަޅުގަނޑުގެ ދަރިން ލައްވައި އިންޓަނެޓުން ސާޗްކޮށްގެން ބެލީ މީގެ ހަގީގަތް. ބެލިއިރު ސައިންސްވެރިން ވެސް އެބަހުރި މިފަދަ ހޯދުންތައް ހޯދާފައި،” ގަމީރާ ބުންޏެވެ.

ގަމީރާ އިތުރަށް ބުނީ ވަރަށް ގިނަ ބަޔަކު މިރުހަށް ޖެހޭ ބަލިތަކުން ސަލާމަތް ވާނެގޮތް ހޯދުމަށް އޭނާއާ ގުޅަމުން އަންނަ ކަމުގައެވެ.
ެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top