އަންނަ ރޯދަ މަހަށް ހާއްސަކޮށްގެން ގިނަ ބަޔަކު އިންތިޒާރުކުރާ ”ރެޑްވޭވް ރޯދަ ސޭލް 2027“ ބޮޑެތި ޑިސްކައުންޓް ތަކަކާއި އަގުހުރި އިނާމުތަކާއެކު ފަށައިފިއެވެ.
މާލެ އާއި ހުޅުމާލޭގައި ހުންނަ ރެޑްވޭވްގެ ހުރިހާ ފިހާރައެއްގައި ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން، އިލެކްޓްރޯނިކްސް ސާމާނާއި ފަރުނީޗަރުގެ އިތުރުން ހިފާގެންގުޅޭ ބަދިގޭ ސާމާނުން %75 އާ ހަމައަށް ޑިސްކައުންޓު ލިބޭނެއެވެ.
ގުރުއަތުން ހޮވޭ ނަސީބުވެރިންނަށް ހުށަހަޅާފައިވާ އިނާމުތަކުގެ ތެރއިން އެއްވަނަ އިނާމަކީ 100,000 (އެއްލައްކަ) ރުފިޔާ އެވެ. ދެވަނަ އިނާމަކަށް އެއްއަހަރު ދުވަހުގެ ހިލޭ ވިޔަފާރިކުރުމުގެ ފުރުސަތު (ކޮންމެ މަހަކު 5,000ރ. ގެ ވައުޗަރެއް) ހިމެނޭއިރު ތިންވަނަ އިނާމަކަށް ކަނޑައަޅާފައިވަނީ ނަސީބުވެރި ފަސް ފަރާތަކަށް ކޮންމެ މީހަކަށް 5,000 ރުފިޔާގެ ނަގުދު ފައިސާ އެވެ.
ރެޑްވޭވް އިން ބުނީ ، ރޯދަމަހަކީ ގޭތެރެ ޒީނަތްތެރިކުރުމަށާއި ބަދިގޭ ސާމާނު އާކުރުމަށް ގިނަ ބަޔަކު އިސްކަންދޭ ދުވަސްވަރަކަށްވާތީ، އެހެން ފިހާރަތަކާ އަޅާބަލާއިރު އަގުތައް ހެޔޮކޮށް ކުރިއަށްދާ މި ސޭލަކީ އާންމުންގެ ޖީބަށް ލުއިވާނޭހެން ފެންވަރު ރަނގަޅު މުދާ ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމުގައެވެ.






